Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ގާސިމް ސަރުކާރަށް: އެކަކުންކުންޏެއް ހަރުކޮންނާނީ އެކަކުންނެއްގެ ވަރުން

ގާސިމް ސަރުކާރަށް: އެކަކުންކުންޏެއް ހަރުކޮންނާނީ އެކަކުންނެއްގެ ވަރުން

މިސަރުކާރުގެ އިޤްތިޞާދީ ސިޔާސަތައް ފާޑުވިދާއުޅުވެ " އެކަކުންޏެއް ހަރުކޮށްނާނީ އެކަކުންޏެއްގެ ވަރުން " ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެންވިދާޅުވީ ނ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މިއަދު މާޅެންދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ގާސިމް ވިދާޅުވީ ލިބޭ މިންވަރަށް ނުބަލާ ދަރަނިނަގައިގެން މިގައުމު ހިންގަން މިސަރުކާރުން މަސައްކަތް ކުރުމުގެ ނަތީޖާއަކީ ގައުމު ދަރާ ވިކުންކަމަށެވެ. އިޤްތިޞާދު ހީނަރުވެ ރަށްޔިތުންނަށް އިޤްތިޞާދީ ބޮޑު މުސީބާތެއް ކުރިމަތިވެފައިވާ ކަމަށާއި ރައްޔިތުން ދަރަނިވެރި ކުރުވުން ނޫން ކަމެއް މިސަރުކާރަށް ކުރެވިފައި ނުވާކަމަށެވެ.

Advertisement
Ooredoo — Square (box)

ގާސިމް ވިދާޅުވީ މިއަދު މިމަސައްކަތް ކުރަނީ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ހޯދާދިނުމަށެވެ. ދީނާއި ގާނޫނުއަސާސީ ނަގަހައްޓާނެ ވެރިކަމެއް ގެނެސް ދިނުމަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ ރައްޔިތުންނަށް ޙާދިމެއްގެ މަގާމުކަމަށާއި މިއުޅެނީ ރައްޔިތުން މުސާރަ ދިނީމާ ހާދިމެއްގެ ގޮތުގައި މަސައްކަތްކުރާނެ ފަރާތެއް ހޯދަން ކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދެއްވާނެ ކަމަށާއި ހުރިހާ ރަށްތަކެއްގެ ރައްޔިތުން ތަރައްޤީގެ އައު ހަރުފަތްތަކެއް ގެންގޮސްދެއްވާނެ ކަމަށެވެ.

ގާސިމް ވިދާޅުވަނީ އެމަނކުފާނުގެ ވެރިކަމެއްގައި، މިސްކިތްތަކާއި ސްކޫލްތައް އޭސީކޮށް، ހުރިހާ ސްކޫލެއްގައި ޒަމާނީ ވަސީލަތްތައް ގާއިމްކޮށްދެއްވާނެ ކަމަށެވެ. އަދި ކޮންމެ ރަށެއްގެ ބަދަރު ސަރަހައްދުގައި މިސްކިތް އިމާރާތްކޮށްދެއްވާނެ ކަމަށާއި ރަށަށް އަރައި ފައިބާ މީހުން ބޭނުންކުރުމަށް ފާޚާނާ ގާއިމްކޮށްދެއްވާނެ ކަމަށެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް