ޚަބަރު ސިޔާސީ

މާރިޔާ ޤާސިމަށް: ސިޔާސީ ވާހަކައިގެ ތެރެއަށް ސިފައިން ނުވައްދަވާ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް ނުވަތަ ދިވެހި ސިފައިންނަށް ނުވަދެވޭ ތަންތަން ހުންނަ ކަމަށް ދޭހަވާ މޭރުމަކުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ދެއްކެވި ވާހަކަފުޅަކަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރައްދުދެއްވައި ޤާސިމުގެ ވާހަކަފުޅު ކުށްވެރިކޮށްފިއެވެ.

Ads by MWSC

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޖުމްހޫރީ ޕާޓީން ހދ. ނޮޅިވަރަންފަރުގައި ބޭއްވި ޖަލްސާގަައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ ރާއްޖޭގެ ސިފައިންނަށް ނުވަދެވޭ ބައެއް ތަންތަން ރާއްޖޭގައި ހުރި ކަމަށް އަޑު އިވިވަޑައިގަންނަވާކަމެވެ.

އެމްޑީޕީގެ ރިޔާސީ ކެމްޕޭނުގެ ތަރުޖަމާނުގެ ހައިސިއްުޔަތުން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާރިޔާ ވިދާޅުވީ، ސިޔާސީ ޕޯޑިއަމްތަކުގައި ސިފައިންނާ ބެހޭ ގޮތުން އެފަދަ ވާހަކަ ދައްކާތީ ސިފައިން ނުރުހުންފާޅުކުރަމުންދާ ކަމަށާއު ނުރުހުން ފާޅުކުރަމުންދާ ސިފައިންގެ ތެރޭގައިި އެކި ރޭންކްތަކުގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ.

"ރައީސް ސޯލިހުގެ ސްޕޯކްސްޕާސަން އެއް ހެން އަރައި ހުއްޓަސް އަޅުގަނޑުގެ ޕޯޓްފޯލިއޯ އަކީ މިނިސްޓަރް އޮފް ޑިފެންސް. އަޅުގަނޑަށް ސިފައިން، ހުރިހާ ދިމާލަކުން ވެސް، އެކި ރޭންކްތަކުގެ މީހުން އައިސް، އެމީހުން އެބަ ނުރުހުން ފާޅުކުރޭ ސިފައިންނާ ދިމާލަށް ސިޔާސީ ޕޯޑިއަމްތަކުގައި މިއަދު އެތާ ތިއްބެވި ހުރިހާ ސިފައިންނަކީ ތާޑް ގްރޭޑް ސިފައިން ކަމަށް ބުނާތީ. އެކަން އަޅުގަނޑު ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަން" މާރިޔާ ވިދާޅުވި އެވެ.

އަދި ސިފައިންގެ ޤާބިލުކަން މިދިޔަ ފަސް އަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކަކުން ފެނިވަޑައިގެން ދިޔަކަމަށާއި މިއިން ޒަމާނަކު ވެސް އެކަމަށް ސަރުކާރަކުން ހަރަދުނުުކުރާ ވަރަށް ރައީސް ޞާލިޙުގެ ސަރުކާރުން އެކަމަށް ޚަރަދުކޮށްފައިވާކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑު ހަމަ ދަންނަވައިލަން އޮތީ، ކަމޯން، ސިފައިން މީގެ ތެރެއިން، [ސިޔާސީ ވާހަކައިގެ ތެރެއިން] ބޭރުކުރައްވާށޭ،" މާރިޔާ ވިދާޅުވި އެވެ.

އެހެންކަމުން ސިޔާސީ ވާހަކަތަކުގެ ތެރެއަށް ސިފައިން ނުވެއްދުމަށް މާރިޔާވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by Allied Insurance
  1. ެއަހްމަދް ރަސީދު

    މާރޮޔާގެ ސިފައިންނެެއް ނޫން. ރައްޔިތުންގެ ސިފައިން

  2. މަޖާާ ރިޔާާ

    ސިފައިންވިޔަސްް ފުލުހުންވިޔަސްް ސިޔާސީީ އެކުޓިވިސްޓުންނައްް ވީމާާ ރައްޔިތުންް އެވާހަކަތައްދައްކާނެެ ތިމީހުންް ސިފައިންނާފުލުހުންނަކީި ސިޔާޕާޓީި އެކުޓިވިސްޓުންނައްް ހެދީމާާ ރައްޔިތުންދެކޭނީީ އެއީވެސްް ސިޔާސީީ އެކުޓިވިސްޓުންގެެ ގޮތުގަަ ދެންތިވާހަކަދެއްކުމުގެެ ބޭނުމެއްނެތްް ތީީ އަމިއްލަޔައްް އެމީހުންނައްދޭއަނިޔާއެއްް އެމީސްމީހުންގެެ އާއިލާއިންވެސްް ތިކަތައްތިގޮތައްކުރާތީީ ސަރުކާރައްް ނަފުރަތުކުރާނެެ ސަބަބަކީީ އާހިރުގަަ ހުރިހާނިކަމެތިކަމެއްލިބޭނީީ އެނިކަމެތިި ސިފައިންނާާ ފުލުހުންނައްް އެއްގޮތަކައްވެސްް ސިޔާވިނުމުގަަ އެރައްޔިތުންކޮޅުު ގުރުބާންނުކުރޭޭ ތިހަދަނީީ ވަރައްބޮޑުގޯހެއްް ސިފައިންނާފުލުހުންތެރޭޭ ތިކަންކަމާް ހިތާމަކޮއްް ރޯމީހުންވެސްް ވަރައްް ގިނަވެއްޖެެ ތިކަހަލަަ އަނިޔާާ އެމީހުންނައްދިނީމާާ އެމީހުންގެެ ހިތުގަޖެހޭނެެ އެމީހުންނައްް މިނިވަންކަމާއެކުު މަސައްކަތްކުރުމުގެެ ފުރުސަތުދީީ