މައެއްގެ އާދޭސް އަޑުއަހާ ޤާސިމް ދެއްވީ ވާނުވާގައި ތިބޭ ގައިދީންގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް
ޝަރީއަތް ނުފެށި, ވާނުވާގައި ޖަލު ބަންދުގައި ތިބި މީހުންނަށް ހައްލު ހޯދާދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރާހީމް ވައުދުވެ ވަޑައިގެންފިއެވެ,
ޤާސިމް މިގޮތަށް ވައުދުވެ ވަޑައިގައިތީ އަންނަ ސެޕްޓެންބަރު ގާސިމް އިބްރާހިމް ނ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ކުޑަފަރީ އަށް ވަޑައިގެންފިއެވެ.
ސިމް ވިދާޅުވީ އަދުލުއިންސާފު ލަސްވުމާއި ވާނުވާއެއްނޭނގި ޝަރީއަތް ދިގުލައިގެންގޮސް ޖަލުތަކުގައި ތިބި ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރައްވާ އަދުލުއިންސާފުގެ މަރުހަލާ އަވަސްކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމަށެވެ.
ގާސިމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ އެކަން ކުރުމުގައި ގާނޫނާއި ގަވާއިދުތަކުގެ ދަށުން ފުރިހަމަ ކުރަންޖެހޭ އުޞޫލުތައް ގާއިމްކޮށް ޝަރީއަތްތަށް އަވަސްކޮށްދެއްވުމަށާއި ޖުޑިޝަރީގެ މިނިވަންކަމާއި ތަރައްޤީއަށް އިސްކަންދެއްވާނެ ކަމަށެވެ.
ގާސިމް މިމޭރުމުން ވާހަކަފުޅު ދެއްކެވީ ކުޑަފަރީއަށް ވަޑައިގަތުމުން ކުޑަފަރީގެ ބަޔަކު އޭނާގެ ދަރިފުޅަށް ކުރިމަތިވެފައިވާ ހާލަތު ކިޔާދެއްވާ އެމައިމީހާ އުފުލަމުންދާ ތަކުލީފައި ކަންބޮޑުވުން ކިޔާދެއްވުމުންނެވެ. ގާސިމް ވިދާޅުވީ އިންސާފުނުލިބުމާއި ނާއިންސާފުގެ ސަބަބުން ކުރިމަތިވާ ނިކަމެތި ހާލަތު އެމަނިކުފާނަށްވެސް ތަޖުރިބާ ކުރެވިފައިވާ އެކަމުގެ ސަބަބުން އާއިލާތަކަށް ނިކަމެތިކަން އިހުސާސް ކުރެވޭ ކަމަށެވެ.
ގާސިމް ވިދާއަޅުވީ ވެރިކަމަށް އައުމަށް ރައީސް ޞާލިހުވެސް އަދުލުއިންސާފުގެ މަރުހަލާ އަވަސްކޮށްދެއްވާނެ ކަމަށް ވައުދުވިކަމަށާއި މީހަކުގެ ސިޔާސީ ފިކުރަކުން އެމީހަކަށް ލިބެންޖެހޭ ހައްޤުތަކުން ނިގުޅާނުގަންނާނެ ކަމަށް ވައުދުވި ކަމަށެވެ. އެހެންނަމަވެސް މިއިން ވައުދެއް ފުއްދިފާ ނުވާކަމަށާއި ކަންކަން ކުރައްވާފައިވަނީ އޭގެ އިދިކޮޅަށެވެ.
ގާސިމް ވިދާޅުވީ 9 ސެޕްޓެމްބަރުގެ ވޯޓަކީ ދީނާއި ގައުމިއްޔަތާއި އަމްނުއަމާންކަމާއި އިގްތިޞާދީ ތަރައްޤީ ދަމަހައްޓާނެ ވޯޓަކަށް ވާންޖެހޭ ކަމަށެވެ. ގާސިމް ވިދާއަޅުވީ ގިނަ ފިކުރުތަކުން ވެރިކަންކޮށް ފެއިލް ވެފާވާއިރު އަޖުމަ ބަލާނުލެވި އޮތީ އެމަނިކުފާނުގެ ފިކުރު އެކަނި ކަމަށެވެ. ގާސިމްވިދާއަޅުވީ ރައްޔިތުން ފުރުޞަތު ދެއްވާފިނަމަ ހުރިހާ ދާއިރާއަކުން ތަފާތު ބޮޑު ރަގަޅު ބަދަލުތަކެއް ގެންނާނެކަމަށާއި ގިނަ ކުރިއެރުންތަކެއް ރައްޔިތުންނަށް ހޯއްދަވާދެއްވާނެ ކަމަށެވެ.
އޭގެ އިތުރުން މާމުއިއަޅާއިގެން ވާ ފޮނިވައުދުތައް ނުފެއްދޭއިރު ރައްޔިތުންނަށް އޮޅުވާލައި އިތުރަށް ނުތެޅުވުމަށް ގާސިމް ގޮވާލެއްވިއެވެ. އަދި ޤައުމާއި ރައްޔިތުންނަށް އޮޅުވާލައްވާ މިސަރުކާރުން ދީނާއި ގައުމުގެ މަސްލަހަތުތައް ނަގާލާފައިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ގާސިމް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.