ޚަބަރު

"ސްޓާލިންކް" އަށް ރާއްޖެއިން މިއަދު ހުއްދަ ދެނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ޕްރޮޖެކްޓު މެދުވެރިކޮށް ރާއްޖެއަށް ހަލުވި އިންޓަނެޓް ފޯރުކޮށްދިނުމަށް ދިނުމަށް "ސްޓާލިންކް" އަށް މިއަދު ލައިސަންސް ދޫކުރަން ސަރުކާރުން ނިންމައިފިއެވެ.

މި ލައިސެންސް ދޫކުރާނީ މިއަދު ހަވީރު ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ. މިކަމާ ބެހޭ ތަފްސީލެއް އަދި ސަރުކާރުން ހާމައެއް ނުކުރެއެވެ.

ސްޓާލިންކްގެ އިންޓަނެޓް ޚިދުމަތް ރާއްޖެއަށް ދިނުމާ ބެހޭގޮތުން މަޝްވަރާ ކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.

އެންވަޔަރްމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން މިއަދު ކުރި ޓްވީޓެއްގައިވަނީ އެ ޚިދުމަތް ފޯރުކޮށް ދިނުމާ ބެހޭގޮތުން މިނިސްޓަރު ޝައުނާ އާއި ސްޓާލިންކްގެ މާކެޓް އެކްސެސް ޑައިރެކްޓާ ރަޔާން ގުޑްނައިޓާ އެކު މިއަދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!