ޚަބަރު ސިޔާސީ

ޑރ. އަނާރާ ވެސް މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމަވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރަން މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަނާރާ ނައީމް ނިންމަވައިފިއެވެ.

Ads by Hajj Corporation

އަނާރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހީންނަށް ފަހި ހަރުދަނާ ހާރިޖީ ސިޔާސަތެއް ގެންގުޅުއްވާނެ ކަމުގެ ޔަގީންކަން ޑރ.މުއިއްޒު ދެއްވާފައިވާ ކަމަށެވެ.

އަދި އިސްލާމްދީނުގެ އުސޫލުތަކަށް ރިއާޔަތްކުރައްވާނެ ކަމަށާއި، އަންހެނުންނަށް ހަމަހަމަ ފުރުސަތުތައް ފަހި ކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް ޑރ.މުއިއްޒު ދެއްވާފައިވާ ކަމަށް އާނާރާ ވިދާޅުވިއެވެ.

އަނާރާގެ އިތުރުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ މުއިއްޒުއަށް ތާއީދު ކުރައްވަން ނިންމަވާފައެވެ. ޝަހީމް ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒަށް ތާއިދުކުރަން ނިންމައިފި ކަމަށާއި އިތުރު ތަފްސީލު ފަހުން ހާމަކުރައްވާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!