ޚަބަރު ސިޔާސީ

މަޝްހޫރު ފިލްމީތަރި ސީޒަންގެ ސަޕޯޓު މުއިއްޒުއަށް

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރާއްޖޭގެ މަޝްހޫރު ފިލްމީތަރި ޢަލީ ސީޒަން، ޑރ. މުހައްމަދު މުއިއްޒު އަށް ތާއީދު ކުރުމަށް ނިންމައިފިއެވެ.

Ads by Sosun Fihaara

ސީޒަން މުއިއްޒުއަށް ތާއީދު ކުރަން ނިންމީ ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި މުއިއްޒު ބައްދަލުކުރެއްވި ފަހުންނެވެ. އެ ބައްދަލުވުމުގައި ފިލްމާދާއިރާގައި ހުރި ކަންބޮޑުވުންތައް މުއިއްޒުއާއި ހިއްސާ ކޮށްފައިވާއިރު، ރާއްޖޭގެ ފިލްމު އިންޑަސްޓްރީގެ ގިނަ އަދަދެއްގެ ފަންނާނުން އެ ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.

އެގޮތުން އިންޑަސްޓްރީ ކުރިއަށް ގެންދިއުމުގައި ހުރި ދަތިތަކާއި، ގޮންޖެހުންތަކާިއ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވާއިރު، މުއިއްޒުވަނީ އިންޑަސްޓްރީ ބޭފުޅުން ދެއްކެވި ވާހަތަކަށްފަހު އެބޭފުޅުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައި ދެއްވާނެކަމަށް ވިދާޅުވެފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!