އަންނަ މަހު ބާއްޔާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓް އަޙްމަދު ފާރިސް ޢަބްދުލްޤައްޔޫމް ޕީ.އެސް.އެމް ގެ ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އެމަނިކުފާނުގެ މެނިފެސްޓޯ އެކުލަވާލުމުގައި އެންމެ އިސްކަމެއް ދެއްވާފައިވަނީ އިސްލާމްދީނުގެ ވަހުދަތު ދިވެހިރާއްޖޭގައި ޤާއިމުކޮށް ބޭއްވުންކަމަށެވެ
ފާރިސް ވިދާޅުވީ އިސްލާމްދީން ނޫން އެހެން ދީނަކަށް ނުވަތަ އެހެން ވިސްނުމަކަށް ފުރުޞަތު ނުދެއްވާނެކަމަށާއި އިސްލާމްދީން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް މަސައްކަތްކުރައްވާނެކަމަށެވެ.
ފާރިސް ވަނީ އިސްލާމްދީނުގެ ޞައްޙަ އަޤީދާ ދެމެހެއްޓުމައްޓަކައި ދީނީ ސިޔާސަތުތަކެއް ކަނޑައެޅުމަކީ މުހިއްމުކަމެއް ކަމަށާއި މި ސިޔާސަތުތަކަކީ ސަރުކާރުގެ ސިޔާސަތުތަކާއި އެތްގޮތް ސިޔާސަތުތަކަކަށް ވާންޖެހޭނެކަމަށް ވިދާޅުވެފައެވެ. އަދި ބަދަލުވަމުންދާ ދުނިޔޭގައި އިސްލާމްދީނާއި ދޭތެރޭ ތަފާތުކޮށް ވިސްނަމުންދާ މީހުން ފެންނަމުންދާކަމަށާއި މި މީހުންގެ ކިބައިން މުޖުތަމަޢު ސަލާމަތްކުރުމަކީ ކުރުން ވާޖިބުކަމެއް ކަމުގައި ފާރިސް ވިދާޅުވިއެވެ.
"މިކަންކަމަކީ އަޅުގަނޑުމެންގެ ސަރުކާރަކަށް ލާޒިމް ކަންތައްތައް. އެގޮތުން އަޅުގަނޑުމެން އިސްލާމްދީނާއި ޚިލާފް ކަންތައްތައް މުޖްތަމަޢު ތެރެއިން ނައްތާލަންވެސް އެބަޖެހޭ. އަދި އޭގެ އިތުރުން އެހެން ދީންތައް ނޫނިއްޔާ ދީން ޤަބޫލު ނުކުރާ މީހުން ރާއްޖޭގައި ކުރަމުންދާ ކަންތައްތައް ހުއްޓުވަން ޖެހޭ" ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ ދީން ހިމާޔަތްކުރުމުގެ މި ސިޔާސަތުގެ ތެރެއިން މި މުޖުތަމަޢުގައިި އިލްމުވެރިން އިތުރުކުރުމާޢި އެމީހުންނަށް މަތީތަޢުލީމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ކުރަންޖެހޭކަމެއްކަމަށާއި، އަދި އިސްލާމްދީނުގެ ޞައްޙަ އަޤީދާ ރައްކާތެރިކޮށް ރައްޔިތުންނަށް ހާމަކޮށްދޭން ބަޔަކު އުފައްދައި އެމީހުނަށް ރައްކާތެރިކަން ފޯރުކޮށްދޭން ޖެހޭކަމަށެވެ.
ފާރިސް ވިދާޅުވިގޮތުގައި މިޖަމާނުގައި ޤައުމެއްގެ މިނިވަންކަން ގެއްލިގެން ދަނީ އަސްކަރީ ހަމަލާތަކެއް ދީގެން ނުވަތަ ޤައުމުގެ ބައެއް ފަތަޙަކޮށްގެން އެކަނި ނޫންކަމަށާއި ސިޔާސީ ގޮތުން ސިޔާސީ ބޭނުންތަކުގައި ބޭރު ޤައުމުތަކާއި ބާއްވާ ގުޅުންތަކުގެ ސަބަބުންވެސް މިނިވަންކަމަށް އަސަރުކުރާކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށް، އިސްލާމީ އުއްމަތެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތްކުރުން ކަމަށެވެ.
އޭރުންފާރިސްފުރަތަމަކުރަންވިކަމަކީބައްޕަތުނބުޅިބެހެއްޓުމާއިމަންމައޮރިޔާންނިވާކުރުމަށްބުރުގާއެޅުވުމެވެ