ޚަބަރު ސިޔާސީ

ވެރިޔަކު ހޮވަން ކުރާ މަސައްކަތަކީ އާދައިގެ ކަމެއް ނޫން: އަމީން

ޢާއިޝަތު އިނާޝް ، ދެން އޮންލައިން
ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް

ޤައުމުގެ ވެރިއަކު ހޮވުމަށް ކުރާ މަސައްކަތަކީ އާދައިގެ މަސައްކަތެއް ކަމަށް ބައެއް މީހުންނަށް ހީވެފައި ތޮތްނަމަވެސް އެއީ ކުރިއަށް އޮތް ޖީލު ކަނޑައަޅައި، ޅަދަރީންގެ މުސްތަޤުބަލު ބިނާ ކުރާނެ މީހަކު ހޮވުންކަމުގައި ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެނޑިޑޭޓުގެ ރަނިންމޭޓް ޑރ. އަމީން އިބްރާޙީމް ވިދާޅުވެއްޖެއެވެ.

Ads by STELCO

ލ. އިސްދޫގައި ބޭއްވި ޖަލްސާގައި ވާހަދަ ދައްކަވަމުން އަމީން ވިދާޅުވީ ވެރިއަކަށް ހޮވާ ބޭފުޅަކު ވާންވާނީ ދުރު ވިސްނުމާއި ރަނގަޅު ތަަސައްވުރެއް ގެންގުޅޭ ބޭފުޅަކަށް ކަމަށެވެ. އަދި އެ ބޭފުޅަކަށް ޤައުމުގެ ބޮޑެތި މައްސަލަތައް ނުފެންނަކަމުގައި ވަނީނަމަ ޤައުމާއި ރައްޔިތުން އޮޔާ ދާނެކަމަށެވެ.

"ވެރިއަކަށް ވަޑައިގަންނަވާ ބޭފުޅަކަށް އާންމު ރައްޔިތުންނަށް ފެންނަ ވަރަށް ވުރެ ދުރު ފެންނަން ޖެހޭ. އޭނާގެ ރާޑަރަށް ހުރިހާ އުނދަގުލަކާއި، ނައްޓަން ޖެހޭ ފަރަކާއި، އަޅަން ޖެހޭ ގޯޅިތަކާ ހުރިހާ އެއްޗެއް ރާޑަރަށް އަރަން ޖެހޭ. ރާޑަރުގައި މައްސަލަ ޖެހިފައި ހުރިނަމަ ޤައުމު ގޮސް އަރާނީ ފަރަށް"

އަމީން ވިދާޅުވީ ދުރު ނުފެންނަ، އެއްވެސް ތަސައްވުރެެއް ނެތް، ކޮންމެ ކޮންމެ މީހަކު ހޮވައިފިނަމަ ޤައުމުގެ ދުވަސް ހިނގައިދާނެކަމަށާއި އެއާއެކު ރައްޔިތުންވެސް އޮޔާދާނެކަމަށެވެ.

މީގެ އިތުރުން އަމީން ވިދާޅުވީ ވެރިއަކު ހޮވުމުގައި ރައްޔިތުން ވަރަށް ރަނގަޅަށް ހިސާބު ޖަހަންޖެހޭކަމަށެވެ. އެ ބޭފުޅަކީ ޤާބިލް، ތަޖުރިބާހުރި ބޭފުޅެއްތޯ ބެލުމާއި، މާޒީގައި ޢަމަލުކުރައްވާފައިވާ ގޮތާއި ވިސްނުމާއި ފިކުރު ހުރި ގޮތް ރަނގަޅަށް ބަލައި ހޯދަންޖެހޭނެކަމަށް އަމީން ވިދާޅުވިއެވެ.

އަމީން ވަނީ ދައުލަތުގެ ދަރަނި އިނތިހާއަށް ބޮޑުވެފައިވާކަމަށް ފާހަގަކުރައްވައި އަދުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޤާސިމް އަށް ތައުރީފްކުރައްވައި ވިދާޅުވީ ޤާސިމްއަކީ ދަރަނި މެނޭޖްކުރުމާއި ޤައުމުގެ ރިސޯސް މެނޭޖްކުރުމުގެ ޤާބިލްކަން ލިބިފައިވާ ބޭފުޅެއް ކަމުގައި ވިދާޅުވެފައެވެ.

  1. އައިމިނަ

    ގާސިމްގެ ވާހަކަތަކުން އެއީ އާދައިގެ ކަމެއް ނޫންކަން ސާފުވެއެވެ. ލަދުންވެސް ހަލާކު ވެއްޖެއެވެ. ގާސިމަށް ވެދުން ދަންނަވާދޭށެވެ. ނަންވާނީ އަދުރޭ އެވެ.

  2. ލަވްދަވޭ

    ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓްގެ މައިގަނޑު ކެމްޕެއިން ބިނާ ވެފައި އޮންނަން ޖެހޭނީ އެއީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ކަމަށްވާއިރު އެ ކެންޑިޑޭޓް އެ ވާޖިބު އަދާ ނުކުރެއޭ އެވާޖިބު މިއަދު އަދާކުރަނީ ގާސިމް އިބްރާހިމް މަމެން ހީކުރި ގޮތާއި މުޅިން ޚިލާފަށޭ ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓްގެ ކެމްޕެއިން މަގްސަދު ދަނީ މަމެންނަށް ނޭގޭ ބުނަންވެސް މިކަމުން މަމެންނަށް ލިބިދޭ ބޮޑު ހައިރާން ކަން މިއަދު ގާސިމް މިވަނީ ޕީޕީއެމްގެ މެމްބަރުންގެ ހިތްތަކުން ޖާގަ ހޯދާފައޭ އިން ނައު ދިސް ގްރެވްލް އިން އަވަރ ވޮއިސެސް ގްލާސެސް ޝެޓަރޑް އޮން ޓޭބަލް ޓޮޕް އިން ދިސް ޓަގް އޮފް ޓްރީސަންސް ވޯރ ދޭ ވިލް އޯލްވޭޒް ވިން އީވެން ވެން ވީއާރ ރައިޓް އިޓްސް ސިކް ދެޓް ދީސް ޓްރޫ ލަޔަރސް އާރ ވަޓް ކީޕްސް މީ ސެޓިސްފައިޑް ޖަސްޓް ގޮނާ ސްޓޭންޑް ދެއަެރ އެން ހިއަރ މީ ކްރައި ދެޓްސް އޯލް ރައިޓް ބިކޮޒް އައި ލަވް ދަވޭ އިޓް ހާރޓްސް އޯއް އޯއް އޯއް ލަވް ދަވޭ އިޓް ހާރޓްސް ޖަސްޓް ގޮނާ ސްޓޭންޑް ދެެއަރ އެން ހިއަރ މީ ކްރައި ދެޓްސް އޯލް ރައިޓް ބިކޮޒް އައި ލަވް ދަވޭ އިޓް ހާރޓްސް ލަވް ދަވޭ އިޓް ހާރޓްސް ލަވް ދަވޭ އިޓް ހާރޓްސް ލަވް ދަވޭ އިޓް ހާރޓްސް….