Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މަދޫރީ އަލުން ކުޅެން ބޭނުންވާ ފިލްމް ބުނެދީފި

މަދޫރީ އަލުން ކުޅެން ބޭނުންވާ ފިލްމް ބުނެދީފި

ބޮލީވުޑްގެ ރީތިކަމަށް ބަދަލެއްނާން "ދީވާ" މަދޫރީ ޑިކްސިކްއަކީ ކާމިޔާބު އެތައް ފިލްމެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ލެޖެންޑްރީ އެކްޓްރެސްއެކެވެ.

ދާދިފަހުން ފޭނުންނާ ބައްދަލުކޮށް ހޭދަކުރި ވަގުތުކޮޅެއްގައި އޭނާ ވަނީ އޭނާ އަލުން ކުޅެން ބޭނުންވާ ފިލްމްތައް ކިޔައިދީފައެވެ. ފޭނަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނީ އޭނާ އަލުން ކުޅެން އެންމެ ބޭނުމީ ފިލްމު "ސައިލާބް" ކަމަށެވެ.

މީގެ އިތުރުން މަދޫރީގެ ޔޫޓިއުބް ޗެނަލުގައި ފޭނުންނާ ބައްދަލުކޮށް ވާހަކަދައްކަމުން ވެސް ބުނެފައިވާ ގޮތުގައި އަލުން ކުޅެލަން އެންމެ ބޭނުމީ ފިލްމް "ސައިލާބް"ކަމަށެވެ. 1990 ވަނަ އަހަރު ރިލީޒް ކުރި މިފިލްމުގައި މަދޫރީއާ އެކު އަދިތުޔާ ޕަންޗޯލީއާއި ސުރޭޝް އޯބްރޯއި ވަނީ ފެނިގެން ގޮސްފައެވެ.

Advertisement
Ooredoo — Truecaller (box)

އެހެން ނަމަވެސް ފިލްމް އިންޑަސްޓްރީއަށް ބޭނުން ވަނީ އާ ހިޔާލުތަކާއި ލިޔުންތައް ކަމަށް އޭނާ ވަނީ ބުނެފައެވެ. މަދޫރީގެ ކާމިޔާބު ކެރިއަރުގައި އޭނާ ވަނީ ވަރަށް ގިނަ ފިލްމްތައް ކުޅެފައެވެ.

މީގެ ތެރޭގައި ފިލްމް "ދޭވްދާސް" "ކޮއިލާ" އަދި "އާޖާ ނަޗްލޭ" ފަަދަ ގިނަ ފިލްމްތަކެއް ފާހަގަކޮށްލެވެއެވެ. ކައިވެންޏަށް ފަހު ފިލްމީ ދާއިރާއާ ދުރަށް ދިޔަ ނަމަވެސް އޭގެ އެތައް އަހަރެއް ފަހުން އަނެއްކާ ވެސް ފިލްމީ އިންޑަސްޓްރީގައި މަސައްކަތް ކުރަން ފެށި މަދޫރީއަކީ ރީތިކަމަށް ބަދަލެއް ނާންނަ މީހެއްކަމަށް ފޭނުން ދަނީ ބުނަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް