ޚަބަރު

އިތުރު 97 މީހުން ކޮވިޑުން ރަނގަޅުވެ، ބަލިން ފަސޭހަވި މީހުންގެ އަދަދު 4012 އަށް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 97 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 97 މީހަކު ރަނގަޅުވެ، ބަލިން ފަސޭހަވި މީހުންގެ ޖުމުލަ 4012 އަށް އަރާފައިވާ ކަމަށެވެ.

އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް ރާއްޖޭގައި ކޮވިޑަށް ފައްސިވީ 194 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 167 ދިވެހީންނާއި ބަންގްލަދޭޝްގެ 16 މީހަކާއި، އިންޑިއާގެ ހަތް މީހަކާއި ލަންކާ، ނޭޕާލް، ތައިލެންޑު އަދި އިޓަލީ މީހެކެވެ.

މިއާއެކު ރާއްޖެއިން ފައްސިވި މީހުންގެ ޖުމްލަ ވަނީ 6،564 އަށް އަރައިފައެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 25 މީހަކު ވަނީ މަރުވެފައެވެ. އެއީ 20 ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ 15 ދިވެއްސަކު ހިމެނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!