އަބުރާ ބެހުން މާނަކޮށް ބަދަލު ނަގައިދިނުމުގެ ބިލެއް މަޖިލިހަށް ހުށަހަޅަނީ

އަބުރާ ބެހުމަކީ ކޮބައިކަން މާނަކޮށް، އެ ފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ މަދަނީ ބަދަލު ނަގައިދެވޭނެ ގޮތް ބަޔާންކޮށް މި އަހަރުގެ ދެވަނަ ދައުރުގެ މަޖިލީހަށް ބިލު ހުށަހެޅުމަށް ބަންޑާރަ ނައިބުގެ އޮފީހުން ނިންމައިފިއެވެ.
ތިން ފަހަރެއްގެ މަތީން މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހަށް އަބުރުގެ ބިލު ހުށަހެޅުމަށް ބަންޑާރަ ނައިބުގެ އޮފީހުން ތައްޔާރުވިއެވެ. ނަމަވެސް ކޮވިޑް-19ގެ ހާލަތުގެ ސަބަބުން ބައެއް ބިލުތައް ހުށަހެޅުން ލަސްވެ، މިހާރު ބިލު ހިމަނައިފައި ވަނީ މި އަހަރުގެ ދެވަނަ ދައުރު ހުށަހަޅާނެކަމަށް ހާމަކޮށްފައިވާ 19 ބިލްގެ ތެރޭގައި ކަމަށް ހާމަވެފައިވެއެވެ.
އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލުގައި މައިގަނޑު ގޮތެއްގައި އެކުލެވޭނީ، އަބުރާ ބެހުމަކީ ކޮބައިކަމާއި، އަބުރާ ބެހުނުކަމަށް ނުބެލެވޭނެ ހާލަތްތަކެވެ. އަދި މީހެއްގެ އަބުރާ ބެހިއްޖެނަމަ އެކަމުގެ ސަބަބުން އަބުރާ ބެހެވޭ މީހާއަށް ލިބޭ ގެއްލުމަށް މަދަނީ ބަދަލު ނަގައި ދިނުމުގެ އުސޫލުތައް ވެސް މި ބިލުގައި ހިމެނެއެވެ.
މީގެއިތުރުން މި ބިލުގައި އަބުރާ ބެހުމުގެ މަދަނީ ދައުވާއެއް ލިބޭ ފަރާތްތަކަށް ލިބިދޭ ދިފާއުތަކާ ގުޅޭ އުސޫލުތައް ވެސް ހިމަނައިފައި ވެއެވެ.







ކޮމެންޓް