ޚަބަރު ސިޔާސީ

ވަކި ކުލައެއްގެ ގަލަމުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ބައެއް މުވައްޒަފުންނަށް އަންގަމުންދާ ކަމަށް ބުނެ އެމްއެންޕީން ޝަކުވާ ހުށަހަޅައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ވަކި ކުލައެއްގެ ގަލަމުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް ސަރުކާރުގެ ބައެއް ކުންފުނިތަކުން މުވައްޒަފުންނަށް އަންގަމުންދާ ކަމަށް ބުނެ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް އިއްޔެ ޝަކުވާ ހުށަހަޅައިފިއެވެ.

Ads by Hajj Corporation

އެ ޕާޓީން އީސީ އަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގާއި އެ ވޯޓަކީ ސިއްރު ވޮޓެއްކަން ކަށަވަރުކޮށްދިނުމަކީ އިލެކްޝަންސް ކޮމިޝަންގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގައި ވާދަކުރާ އެހެން ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ޤާނޫނާ ހިލާފަށް ދައުލަތުގެ ރިސޯސްތައް ބޭނުންކުރާކަން ސަމާލު ކަމަށް އައިސްފައިވާ ކަމަށް ބުނެފައިވެއެވެ.

އެގޮތުން, ކުންފުނިތަކުގެ އިސްވެރިން އެދޭ ގޮތަށް ވަކި ކުލައެއްގެ މާކަރަކުން ނުވަތަ ގަލަމަކުން ވޯޓު ކަރުދާހުގައި ފާހަގަޖެހުމަށް އެ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރަމުންދާ ކަމުގެ ޝަކުވާ އެ ކުންފުނިތަކުގެ މުވައްޒަފުން ކުރަމުންދާ ކަމަށާއި މިއީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތަށް ވޯޓުގެ ސިއްރުކަން ގެއްލިދާނެ ފަދަ އަމަލެއް ކަމަށް ބުނެފައިވެއެވެ.

އެމްއެންޕީން ވަނީ ކުރިޔަށް އޮތީ މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ކަން ކަށަވަރުކުރުމަށްޓަކައި، މި ކަންކަމާ މެދު މަޝްވަރާކުރަން ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި ދިނުމަށް އީސީގެ ކިބައިން އެދިފައިއެވެ.

Ads by HDC
  1. ބޯހަލާކުވެއްޖެެ

    މިހާރުު އިބޫސަރުކާރުު ބޯގޮވައިފިި ބައިކޮޅައްް އެތަކެއްބައިވަރު ގޯލެއްް ޖަހައިފިި މިހާރުއެތިބީީ ދަޑުންފައިބާންވެސްް ލަދުންނުކެރިފަަ މިހާރުު އަގައެތަޅަނީީ ޖަލައްވާނެެ ކަމުގެެ ބިރުބޮޑުވެފަތިބިި މީހުންް ދެންތިބިމީހުންް މަޑުތިބެެ ޖައްސާނެެ ގާތައްް ތިލަކޮއްފިި އެމީހުންް އެހާވަރަކައްް އެމޮޔަވަނީީ ކުރެވުނުު ނުބައިގޯސްތައްް ހިތުގައެބުރޭލެއްް ބޮޑުކަމުންް މިހާރުު ދެންފެންނަނީީ އިމްރާމާރިޔާއިބޫއަސްލަމުު ވަންނަންް ހުރިގޮޅިތައްް މަރާމާތުކޮއްް ފެންވަރުް ރަގަޅުކުރާތަންް ކޮންމެެ ގެއްގަވެސްް އެމީހުންް ޔަގީކުރޭޭ ވަރައްބައިވަރުު ޖަރީމާތައްް އެމީހުންހިންގައިފިކަމައްް ކެތްކޮއްލާާ ތެޅުނުވަރަކައްް ހަންދާނީީ އަޅާވޭންބޮޑުވާނީީ ދެންވެސްް މަޑުންތިބިއްޔާާ ހަންގަޑައްް ލިބޭގެއްލުންް ކުޑަވެދާނެެ