އަދީބުގެ ބޭސްފަރުވާގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްދީފި

ކުރީގެ ނާއިބްރައީސް އަޙްމަދު އަދީބްގެ ބޭސްފަރުވާގެ މުއްދަތު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އަނެއްކާވެސް އިތުރު ކޮށްދީފިއެވެ.
ކަރެކްޝަނުން ބުނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އަނެއްކާ ވެސް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.
މުއްދަތު އިތުރުކޮށްދިނީ މެޑިކަލް ބޯޑުން އެގޮތަށް ލަފާ ދިނުމުން ކަމަށް ވެސް ކަރެކްޝަނުން ބުންޏެވެ. އަދީބު ސިންގަޕޫރަށް ވަޑައިގެންނެވީ ނުރައްކާވާ ފަދަ ނާރުގެ ބައްޔަކަށް ފަރުވާ ހޯދުމަށެވެ.
ބޭސްފަރުވާއަށް އަދީބު ސިންގަޕޫރަށް ފުރަން ކަރެކްޝަންސްއިން ހުއްދަ ދިނުމުން އޭނާ ފުރީ ޖުލައި 12 ވަނަ ދުވަހުއެވެ. އެފަހަރު ދެވުނު މުއްދަތު ހަމަވުމުގެ ކުރިން ހުށަހަޅާފައިވާ މެޑިކަލް ޑޮކިއުމެންޓްތަކަށް ރިޢާއަތްކޮށް، އޭނާއަށް ދީފައިވާ ހުއްދަ 28 އޮގަސްޓް 2023 އާ ހަމައަށް ވަނީ އިތުރުކޮށްފައެވެ.
ވޯޓުލާ ނިމެންދެން މީނަގެ މުއްދަތު ދާނީ އިތުރުކޮށްދެމުން. ވޯޓުގެ ކަންތައް ނިމޭއިރަށް ބުނަންފަށާނެ އަދީބު ފިލައިފިއޭ. މިކަމުން ލިބޭ ފިލާވަޅަކީ ޖެހުނު ކޮންމެ މީހަކުވެސް ގަނެލެވޭ މިންވަރަށް ވައްކަން ކޮށްފިނަމަ، ވަށްކަން ހަތަރެސްކަނަށް ބަދަލުކުރެވޭނެކަން.