Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރިޔާސީ ބަހުސްގައި މާރިޔާ ނަމަވެސް ބައިވެރިވުމަށް އެދިވަޑައިގެންފި

ރިޔާސީ ބަހުސްގައި  މާރިޔާ  ނަމަވެސް  ބައިވެރިވުމަށް އެދިވަޑައިގެންފި

ޕީއެސްއެމް އާއި އެމްއެންޔޫ ގުޅިގެން ބާއްވަން ނިންމި ރިޔާސީ ބަހުސް ކެންސަލް ނުކޮށް، ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ކަމުގައި ވިޔަސް، އެ ބަހުސްގައި ބޭފުޅަކު ބައިވެރިވުމަށް އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީީސް އަޙްމަދު ޝިޔާމް އެދިވަޑައިގަންނަވައިފިއެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ބަހުސްއިން ވެސް، ރައީސް ޞާލިޙު ފިއްލަވައި، މި ފަހަރު ވެސް ފިއްލެވީ ކަމަށާއި، އެންމެ ފަހުން އެމަނިކުފާނު "ފިލި އިބޫ"އަށް ވެވަޑައިގެންފައިވާ ކަމަށެވެ.
"އަޅުގަނޑު އެދެން، މާރިޔާ ނަމަވެސް ފޮނުއްވަން. މިހާރު ރައީސުލްޖުމްހޫރިއްޔާ އެންމެ ގިނައިން ދިފާޢު ކުރުމުގެ ނަމުގައި، ބައިކޮޅަށް ޖައްސަވަނީ އެކަމަނާ. މި ވެރިކަން މިދަނީ ނިމެން." ޝިޔާާމް ވިދާޅުވިއެވެ.
ޕީއެސްއެމްގެ ރިޔާސީ ބަހުސް ކެންސަލް ކުރިއިރު، މި ބަހުސް ބާއްވާ ތާރީޚު ކަމުގައިވާ އަންނަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ، އެމްޑީޕީން "އުފާވެރި މާލެ" ނަމުގައި ޖަލްސާއެއް ބާއްވާނެއެވެ. ޕީއެސްއެމްއިން ނެރުނު ބަޔާނެއްގައި ބުނީ، އިންތިހާބަށް ކުރިމަތިލައްވާފައިވާ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭގޮތަށް މި ބަހުސް ބޭއްވުމަށް މަސައްކަތް ކުރިނަމަވެސް، ކެނޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާތީ މި ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރިވެވެން ނެތްކަމަށެވެ. އަދި އިންތިހާބަށް ވަގުތު ކުޑަތަންވެފައިވުމުން ޕީ.އެސް.އެމްގެ ބަހުސް ފަހުގެ ތާރީހަކަށް ބަދަލުކުރުމަކީ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެކަމެއްކަމަށް ދެކޭކަމަށެވެ. އެހެންކަމުން ޕީއެސްއެމްގެ ބަހުސް ފަހުގެ ތާރީހަކަށް ބަދަލުކުރުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށް ފެންނާތީ، މިހާރުވެސް ބަހުސެއް ރާވާފައިވާ ފަރާތަކާގުޅިގެން ބަހުސް ކުރިއަށްގެންދިއުމަށް ގަސްތުކުރާކަމަށް އެ ބަޔާނުގައިވެއެވެ. އެގޮތުން ސަންގު ޓީވީން ބާއްވާ ބަހުސްގައި ޕީއެސްއެމްއިން ޕާޓްނަރވެގެން ކުރިއަށްގެންދިއުމުގެ އިންތިޒާމްތައް ވަމުންދާކަމަށް ޕީއެސްއެމްއިން ބުނެއެވެ.    

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް