ޚަބަރު ސިޔާސީ

ގޯތީގެ ރަޖިސްޓްރީ ހިފައިގެން ދިޔައީމަ ސޮވެރިން ގެރެންޓީ ދޭނަން: ނާޒިމް

ޢާއިޝަތު އިނާޝް ، ދެން އޮންލައިން

މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ގެ ވެރިކަމެއްގައި ގޯތި އިމާރާތްކުރުމަށް، ސޮވެރިން ގެރެންޓީ ދޭނެކަމަށް އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ރިޔާސީ އިންތިޚާބަށް ޕީއެސްއެމް އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ މި ސަރުކާރުން ގޯތި ލިބުނު ހުރިހާ ރައްޔިތުންނަށް، އެއީ ހުޅުމާލެ، ގުޅީފަޅު ނުވަތަ ގިރާވަރުން ލިބުނު ކަމުގައިވިޔަސް، އެތަންތަން ބިނާކޮށްދެއްވާނެކަމަށެވެ.

ނާޒިމް ވިދާޅުވީ މި އުޞޫލު ކުރިއަށްގެންދާނީ އިސްލާމިކް ފައިނޭންސްގެ ތެރެއިން، ގޯތީގެ ވެރިފަރާތާއި، ބޭންކާއި އަދި ކޮންޓްރެކްޓަރާ ތިން ބައި މީހުންގެ މެދުގައި އެގްރިމެންޓްއެއް ހެދި، ގޯތި ލިބުނު މީހާއަށް ގެދޮރު އިމާރާތްކުރެވޭނެ ގޮތަކަށެވެ.

"އަޅުގަނޑުގެ ސިޔާސަތަކަށް އޮންނާނީ ގޯތީގެ ރަޖިސްޓަރީ ހިފައިގެން ދިޔައީމާ އަޅުގަނޑުމެންގެ ސަރުކާރުގައި ސޮވަރިން ގެރެންޓީ ދީފައި އެ މީހަކަށް ބޭނުންވާ ލޯނު ދޫކުރާ ގޮތަށް. އިސްލާމިކް ފައިނޭންސްގެ ތެރެއިން އެ މީހާ އާއި ބޭންކާއި އަދި ކޮންޓްރެކްޓަރާ ތިން މީހުން ޓްރައިޕާޓީ އެގްރީމަންޓެއްގެ ތެރެއިން އެ މީހާ އަށް ގެދޮރު ބިނާކުރެވޭނެ އުސޫލެއް ހަމަޖައްސާނީ" ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ގެ ޗެއާމަންގެ މަޤާމުގައިވެސް ހުންނެވި ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އެކި ސަރުކާރުތަކުން އެކި ވިޔަފާރިވެރިންނަށް 130 މިލިއަން ޑޮލަރުގެ ސޮވެރިން ގެރެންޓީ ދީފައިވާކަމަށާއި، ރާއްޖޭގެ ޢާންމު ރައްޔިތުން ގެދޮރު ބިނާކުރުމަށްވެސް ސަރުކާރުން އެ ގެރެންޓީ ދޭންޖެހޭނެކަމަށް އެމަނިކުފާނު ޤަބޫލުކުރައްވާކަމަށެވެ.

އަދި ގެދޮރު އިމާރާތްކުރުމަށް އިސްލާމިކް ފައިނޭންސްގެ ތެރެއިން ލޯނު ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭން ޖެހޭނެކަމަށްވެސް ޤަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.

"އެހެންވީމާ އަޅުގަނޑުގެ ސަރުކާރެއްގައި އިރާދަކުރެއްވިއްޔާ ގޯތި ލިބުނު މީހަކަށް އަދި ރާއްޖެތެރޭގައި ގޯތި އޮތް މީހަކަށް ގެދޮރު އެޅޭ ގޮތަށް އަޅުގަނޑު ބޭންކުގެ ތެރެއިން އިންތިޒާމު ހަމަޖައްސާނަން" ނާޒިމް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ސިޔާސަތަކަށް އޮންނާނީ ގޯތީގެ ރަޖިސްޓަރީ ހިފައިގެން ދިޔައީމާ އަޅުގަނޑުމެންގެ ސަރުކާރުގައި ސޮވަރިން ގެރެންޓީ ދީފައި އެ މީހަކަށް ބޭނުންވާ ލޯނު ދޫކުރާ ގޮތަށް. އިސްލާމިކް ފައިނޭންސްގެ ތެރެއިން އެ މީހާ އާއި ބޭންކާއި އަދި ކޮންޓްރެކްޓަރާ ތިން މީހުން ޓްރައިޕާޓީ އެގްރީމަންޓެއްގެ ތެރެއިން އެ މީހާ އަށް ގެދޮރު ބިނާކުރެވޭނެ އުސޫލެއް ހަމަޖައްސާނީ" ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ގެ ޗެއާމަންގެ މަޤާމުގައިވެސް ހުންނެވި ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވަނީ މި ސަރުކާރާއި ކުރީގެ ސަރުކާރުތަކުން ބޯހިޔާވަހިކަމަށް ގެންގުޅެފައިވާ އުޞޫލުތަކަށް ފާޑުކިޔުއްވާފައެވެ.

އެގޮތުން ވިދާޅުވީ މި ސަރުކާރާއި ކުރީގެ ސަރުކާރުތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވިފައި ނުވަނީ، އެކަން ކުރަން ނޭނގޭތީކަމަށެވެ. އަދި އެމަނިކުފާނުގެ ސަރުކާރެއްގައި 5 އަހަރު ނިމިގެންދާއިރު ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް ބުނެ އެކަން ނުކުރެވި ނޯންނާނެކަމަށްވެސް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!