ޚަބަރު ސިޔާސީ

މުއިއްޒުއަށް ވެރިކަން ލިބިއްޖެނަމަ ފެންނާނީ 2013 އިން 2018 އަށް އޮތް ވެރިކަން: މާރިޔާ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު، އިންތިހާބު ކާމިޔާބުކުރައްވައިފި ނަމަ ފެންނާނީ 2013 އިން 2018 އަށް އޮތް ރައީސް ޔާމީނުގެ ވެރިކަން ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙުގެ ކެމްޕެއިން ތަރުޖަމާނުގެ ހައިސިއްޔަތުން ބާއްވާ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން މާރިޔާ މިއަދު ވިދާޅުވީ، އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުން މި އިންތިހާބު ކާމިޔާބުކުރާނީ އެއްބުރުން ކަމަށާއި ދެވަނަ ބުރަކަށް ދާން ނުޖެހޭނެ ކަމުގެ ޔަޤީންކަން އޮތްކަމަށެވެ.

އެހެންނަމަވެސް ކިރިޔާ ވެސް ފުރުސަތަކުން މުއިއްޒަށް ވެރިކަން ލިބިއްޖެ ނަމަ ކުރީގެ ވެރިކަން އިޔާދަވާނެ ކަމަށާއި، މުއިއްޒު ވެރިކަން ކުރައްވާނީ ޔާމީންގެ ކުރެއްވިހާ ގޯސްކޮށްކަމަށް މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޤަޒނޫނުތައް ހައްދަވާނެ ކަމަށް ހަރުކަށި ވާހަކަތައް ކެމްޕޭންތަކުގައިވެސް މުޢިއްޒު ވިދާޅުވާކަމަށާއި އެމަނިކުފާނު ވެރިކަން ކުރައްވާނީ ރައީސް ޔާމީނަށްވުރެވެސް ހަރުކަށިކޮށްކަމަށް މާރިޔާ ވިދާޅުވިއެވެ.

"އަޅުގަނޑަށް ފެންނަނީ އެ ބޭފުޅާ [މުއިއްޒު] ކުރައްވާނީ ޔާމީންް ކުރެއްވި ވެރިކަން. އެކަމަކު ޔާމީނަށްވުރެ ވެސް ހަރުކަށިކޮށް. މިހާރު ވެސް ދައްކަމުން އެ ގެންދަނީ ޤާނޫނުތައް ފާސްކުރުމުގެ ވާހަކަތައް،" މާރިޔާ ވިދާޅުވިއެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީއަކީ ޕީޕީއެމް ކަމަށް ވިޔަސް މުއިއްޒު މަސައްކަތްކުރައްވަނީ ޕީއެންސީ ބޮޑުކުރަން ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި ފުލުހުން ބޭނުންކޮށްގެން މުއައްސަސާތަކަށް ވަދެ މުވައްޒަފުން ނެރެ، ޖަލަށްލި ވާހަކަ ފާހަގަކުރައްވަމުން މާރިޔާ ވިދާޅުވީ އޭރު ނޫސްވެރިންނަށް ވެސް އެކި އެކި ހުރަސްތައް ހުރި ކަމަށެވެ.

"...އެބޭފުޅާއާ ޔާމީނާ އެއީ ހަމަ އެކައްޗެއް އެއްގޮތަކުން ބަލާއިރު. އެ ޔަގީން ކޮށްދެއްވަނީ ތިމަންނައަށް ޔާމީން ބުނާ ގޮތަކަށް ވެރިކަމެއް ނުކުރާނަމޭ، އެކަމަކު ޔާމީނަށް ފުރުސަތު ދޭނަމޭ ފާޑު ވިދާޅުވާން. އެ ދެބޭފުޅުން ދޭތެރޭގައި މައްސަލައެއް ނުޖެހެންޏާ ތިބޭފުޅުން ޔަގީން ކުރައްވާ އެ ވާނީ 2013 އާއި 2018ގައި އެ އޮތް ވެރިކަމަށް،" މާރިޔާ ވިދާޅުވިއެވެ.

މުޢިއްޒުއަށް ފާޑުވިދާޅުވަމުން މާރިޔާ ވިދާޅުވީ، ހައުސިން މިނިސްޓަރު ކަމުގައި މުއިއްޒު ހުންނަވައި ކުރެއްވި މަސައްކަތްތަކުގެ ފެންވަރުދަށްކަމަށާއި އޭރުގެ ސަރުކާރުގައި ހިނގި ބައެއް ހިޔާނާތްތަކުގެ ވާހަކަ ނޫސްތަކުން ދެއްކިކަމަށެވެ.

މީގެ އިތުރުން، ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އެމަނިކުފާނު ލިޔުއްވި ނޯޓުކޮޅާ ހަވާލާ ދެއްވައި އިއްޔެ މާރިޔާ ވަނީ މުއިއްޒު މިހާރުން ފެށިގެން ޔާމީންގެ ސިޔާސީ ހަޔާތް ކަފުން ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވިދާޅުވެފައެވެ.

Ads by Allied Insurance
  1. އެމްޑީޕީއަށް ވެރިކަން ލިބިގެން މީހުންބުނެ އުޅުނު އިބޫ ކުރާނީ އަނިގެ ނަޝީދުގެ ވެރިކަމޭވެސް އެކަމަކު އެހެނެއްނުވި، މުޢިޒުގެ ވެރިކަމެއްގައި އޮންނާނީ ސީދާ ދިވެހި ރައްޔިތުންގެ ވެރިކަން އެއީމުޢިޒުގެ ޔާމީނުގެ އިންޑިއާގެ ވެރިކަމެއްނޫން !

  2. ޖަލިޔާ

    މާރިޔާާ ކުރިކަންތަކުގެެ ބަދަލުގަަ ޖަލައްލާންޖެހޭކަމައްް މާރިޔާާ އައްް ގަބޫލުކުރާތީި ތިހާވަރަކައްް ތިމޮޔަަ ގޮވަނީ އިންޝާﷲމާރިޔާާ ޖަލައްް ލާންޖެހޭެ ރައްޔިތުންނައްް ނާއްގާާ ބޭރުސިފައި ރާއްޖޭގައިވަޒަންވެރިި ކުރުވިކަންތަކާާ ޗާގޯސްކަޑުުވިއްކާލާާ ރައްޔިތުންނައްް ނުބައިމައުލޫމާތުު ދިނުމާާ ދިވެހިި ދައުލަތުންް ދިވެހިި ޓެކުސްފައިސާއިންް އިންޑިއާާ ސިފައިންނައްް ދުވާލެއްގެެ މައްޗައްް އެތަކެއްލައްޑަރުގެެ ހަރަދުކުރުމާާ އެމީހުންގެެ އަމުރައްް ރާއްޖޭގެެ ދިފާއީކަންކަންް ދީލާލުމާާ ފަދަަ ގިނަަ ކަންތައްް ކުރާތީީ މާރިޔާާ އުމުރައްް ޖަލައްް ލާންޖެހޭެ

  3. މާރިޔާ ނިދާގަޑީގަވެސް ސަހާދަތް ކިއުމުގެ ބަދަލުގާ ކިޔަނީ މުއިއްޒުތަ

  4. ދޮށީބޭ

    މުޢިއްޒުގެ،މާނައަކީ ޢިއްޒަތްތެރި،ﷲގެ މަތިވެރި އިސްމު ފުޅެއްގެނަން.ﷲއިރާދަކުރެއްވި އަޅަކު ޢިއްޒަތްތެރިކުރަށްވާނެ!އެނަންފުޅުގެބަރަކާތުގަﷲއިރާދަކުރެއްވިއްޔާ މުޢިއްޒަށްވެރިކަންލިބޭނެ..

  5. ފެންނާނީމާފަަންނުފެންތާނގީ

  6. ވަހީދު

    މުޢިއްޒު. މުޢިއްޒު. މުޢިއްޒު. އަޖައިބު ވާ ވަރުގެ ކަމެއް. ހާދަވަރެއްހުރެއޭ. ތިގޮވެލިފަތިގޮވުން ހުއްޓާލާފަ ރައީސް އިބްރާހިމް މުހަންމަދު ސޯލިހްއަށް ކެމްޕެއިން ކުރެވޭތޯބަލާ. މާރިޔާއަށްއުމުރު އޮޅިގެންއުޅުނަސް ކުރިން ދަރިން ލިބުނުނަމަ ޑރ.މުޢިއްޒު އާއި އެއް އުމުރުގެ ދަޜިންތިބޭނެ. ކިތަންމެ ބިރެއް ގަތަސް މިއިންތިޚާބުގެ އެންމެ ޤާބިލް ތައުލީމީ ބޭފުޅުންނަކީ ޑރ. މުޢިއްޒު އާއި ސެންބެ.

  7. ޢަހްމަދު

    މިހާރު އޮތްވެރިކަމަށް ވުރެ ރަގަނޅުވާނެކަން އެވެސް

  8. ބަލަން ތިބޭތި މުއިއްޒު ހޮވިއްޖެޔާ ހުވާކުރުމުގެ ކުރިން މިރުނޑި ފިލައިގެން ބޭރަށް ދާނެ ، މިހާ ބިރުން މިތެޅޭނީ ކޮންމެވެސް ބޮޑުޖަރީމާއެއް ހިންގާފައި އޮތީމަ، އިންޑިޔާ ސިފައިން ތިބިވަރު އެގި މިރުނޑި ބޭޒާރު ވާނެތީ އެވެ. ދެންކީއްތޯ ކުރާނީ މިބުރު ޖެހޭ ޖަލައް ނުދަންޔާ ހަމަ އަމިއްލައަށް އަރުވާލެވޭ ށެވެ. ވަރަށް ސަލާން ފުރޮންމް ދިވެހި ރާއްޖެ، ހިތްހެޔޮކުރާތި! ހީ ހީ

  9. އެވެރިކަންމާރަގަޅު2013އިން2018އަށްއޮތްވެރިކަން

  10. މީނަގެ ބަލާ ހާދަ ބޮޑު ވެއްޖެޔޭ…ސިޔާސީ ރަންޑިއެއްގެ ދަރަޖައަށްނުވެއްޓިބަލަ.

  11. ޜައްޔިތުމީހާ

    2013އިން 2018 އަށް ކުރި ވެރިކަން މާބޮޑަށްވެސް ރަނގަޅު މިހާރު ކުރަމުންގެންދާ ޗޯރުގެ ވެރިކަމަށްވުރެ
    މިހާރު މިއޮތީ ޑިމަކްރަސީއޭކިޔާފަ ހުރިހާބާރުތަކެއް ޗޯރޭގެ އަންބޮނޑި ދަށުގައި އަދި މިހާރުހުރިމީހާ ހުރީ ނަމަކަށް ހުރިހާކަމެއް އިންޑިޔާ ހައިކޮމިޝަނުން ކޮށްނިންމަނީ އަދި މީގެއިތުރުން ދީނާއި ޤައުމުގެ ދިފާޢުގައި ބަޔަކު ނިކުތީމާ އެކަންކަންވެސް ޤަރާރަކުން ހުއްޓުވާ ސިފައިންނާއި ފުލުހުން ބޭނުންކޮށް ޙާލަތާ ނުބައްދަލު އަނިޔާތައް އާއްމުރައްޔިތުން މިހާކުރަނީ އިންޝާﷲ އިބޫގެ ވެރިކަން މިފަހަރު ބަދަލުވާނެ

  12. ކިނބޫ

    ހަމަ ރަނގަޅަށްތަ؟ ވާހވާހ. އަލުން އެކަހަލަ ވެރިކަމެއް ވަރަށް ބޭނުން. އެއީ އުފާވެރި، ތިޔާގި، ހިތްގައިމު 5 އަހަރު.