ޚަބަރު ސިޔާސީ

އެމްޑީޕީގެ ދެ ސަރުކާރުގެވެސް "މިސްޓޭކްއަކީ" މާރިޔާ، މިހާރުވެސް ހުރީ ޤައުމު ބިރިޔާނި ތެއްޔަކަށް ވިއްކާލައިގެން: އަލީ ވަހީދު

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ކެމްޕޭން ޖަލްސާއެއްގައި އަލީ ވަހީދު ވާހަކަފުޅު ދައްކަވަނީ (ވަގުތު އިމޭޖްސް)

މި ރާއްޖޭގައި އުފެދުނު އެމްޑީޕީގެ ދެ ސަރުކާރުވެސް ހަލާކުވެގެންދިޔައީ ހެދުނު މިސްޓޭކްތަކެއްގެ ސަބަބުން ކަމަށާއި އެއީ މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙްމަދުދީދީ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމްގެ އިންތިހާބީ އެޖެންޓް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އަލީ ވަހީދު މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ރ. ދުވާފަރަށް ވަޑައިގެން ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން، މި ސަރުކާރު މި ނިމެނީކަމަށް އަލީ ވަހީދު ތަކުރާރުކުރައްވަމުން ފާހަގަކުރެއްވީ މިހާރު ޖުމްހޫރީ ޕާޓީން މިސްރާބު ޖަހާފައިވަނީ "ބޮޑު ސިންގާ" ބަދަލަކަށްކަމަށެވެ. އަދި އެމްޑީޕީ ސަރުކާރުތަކަށް ފާޑުވިދާޅުވަމުން އަލީ ވަހީދު ވިދާޅުވީ އެ ދެ ސަރުކާރުންވެސް ހެއްދެވި އެންމެ ބޮޑު ގޯހަކީ މާރިޔާ ކަމަށާއި އެކަމަނާ މިހާރުވެސް ހުންނެެވީ "ބިރިޔާނި ތެއްޔަކަށް" މުޅި ޤައުމު ވިއްކާލައްވައިގެންކަމަށެވެ.

"ދިވެހިރާއްޖޭގައި އުފެދިގެން މިއައި 2 އެމްޑީޕީ ސަރުކާރަށް ބަލާއިރު އެ ދެ އެމްޑީޕީ ސަރުކާރުވެސް ހަލާކުވެގެން ދިޔައީ ހެދި މިސްޓޭކްތަކުގެ ސަބަބުން، އޭގެ ތެރޭގައި އެންމެ ފުރަތަމަ ސަރުކާރު ހަލާކުވެގެންދިޔައީ މިހާރުގެ ޑިފެންސް މިނިސްޓަރު ހަމަ އެކަމަނާ ހުންނަވައިގެން ހިތާ ހިތުގެ ގުޅުމަކަށް މުޅި ސަރުކާރު ހަރާބުކޮށް ސަރުކާރު އެގޮތް މިގޮތަށް ދޫކޮށްލީ. އަނެއްކާވެސް ހަމައެކަމަނާ ހުންނަވައިގެން ބިރިޔާނި ތެއްޔަކަށް މުޅި ޤައުމު ވިއްކާލީ، އެހެންވެ އަޅުގަނޑުމެން ބާލަން ޖެހުނީމަ މި ނިކުތީ އެމީހުން ބާލަން، ބަދަލުކުރަން" އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބެން މި ސަރުކާރުން ފުރުސަތު ދީފައިވާތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވަމުން އަލީ ވަހީދު ވިދާޅުވީ އެ ސިފައިން ބާލާނެކަމަށެވެ.

"މުޅި ރާއްޖެއިން މިހާރު މި ތަމްސީލުވަނީ  އިންޑިއާ ސިފައިން އަޅުގަނޑުމެން ބާލާނެކަން. ބާލާނެކަން..... އިންޑިއާގެ ސިފައިންނަށް ދިވެހިރާއްޖޭގެ ސިފައިން ގެއަކަށް ނުވަދެވޭނެ" އަލީ ވަހީދު ވިދާޅުވިއެވެ.

އަދި ސަރުކާރުން ގޯސް ހެދީމާ ނިންމަން ރައްޔިތުން ނުކުންނާނެކަން ފެނިއްޖެކަމަށާއި ފާއިތުވެގެންދިޔަ 5 އަހަރުގައި ރާއްޖެ ދިޔައީ ފަހަތަށް ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"ފާއިތުވެގެންދިޔަ 15 އަހަރުގައި ރާއްޖރ މިދިޔައީ ފަހަތަށް، ރާއްޖެ މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުން ބޭނުންވާ ތަރައްޤީ ރާއްޖޭގެ ރައްޔިތުންނަކަށް ނުލިބުނު. ވަރަށް ގިނަ ޒުވާނުން މިތާގައި އެބަތިއްބެވި. ރާއްޖޭގެ ހުރިހާ ޒުވާނުން ތިބީ މިއަދު ކްރެޑިޓް ކާޑަށް ދަރާފައި. ރާއްޖޭގެ ރައްޔިތުން ތިބީ ރަނގަޅު ހެޔޮ ބަދަލަކަށް ބޭނުންވެފައި" އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ރައްޔިތުން ބޭނުންވާ ހެޔޮ ބަދަލަކީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމްކަމަށާއި ރާއްޖޭގެ ރައްޔިތުން މިހާރު "އާޖުފާޖު" ބަލަންށާއި "ޓެސްޓުކުރުމަށް" ބޭނުންނުވާކަމަށާއި ޔަގީން “ޔަންމާ އިންޖީނު އަޅައިގެން” މަހަށް ނުކުންނަން ރައްޔިތުން ތިބީ ތައްޔާރަށްކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. އަދި އެ ކަންކަން ހާސިލުވާނީ ޖޭޕީ އަދި ގާސިމް އާއިއެކުކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުން ދެން ބޭނުމެއް ނުވޭ އާޖުފާޖު ބަލާކަށެއް، ރާއްޖޭގެ ރައްޔިތުން ބޭނުމެއްނުވޭ ޓެސްޓުކުރާށެއް، ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ޔަގީން 100% ޔަމްމާ އިންޖީނުގައި އަޅައިގެން ދެން މަހަށް ނުކުންނަން" އަލީ ވަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ރައްޔިތުން ރައީސް ޞާލިޙުގެ ސަރުކާރު ދެކެ ފޫހިވެފައިވާކަމަށާއި ރާއްޖޭގެ ރައްޔިތުންނަށް މަލާމާތްކޮށް އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ބޭތިއްބުމުން ލޭ ކެކެން ޖެހޭކަމަށް ފާހަގަކުރައްވަމުން އަލީ ވަހީދު ވިދާޅުވީ ޖޭޕީއިން ވެރިކަމަށް ވާދަކުރުމަށް ނުކުތީ ރައީސް ޞާލިޙުގެ ވެރިކަން ނިމުމަކަށް ގެންނަން ޖެހުމުންކަމަށާއި ރާއްޖޭގެ ރައްޔިތުން އަޅުވެތިވާންށާއި ދެވަނަ ދަރަޖައިގެ ބަޔަކަށްވުމަށް ބޭނުން ނުވާކަމަށެވެ.

  1. ގާސިމްގެ ފެއިލިއަރ އަކީ އަލީ ވަހީދު. ފައްކާ ދެފުށްކެހެރިއެއް.️️

  2. އަލީ ތިޔަބުނީ ހަމަ ރަގަޅަށް “ބިރިޔާނީ ތެއްޔަކަށް” ވިއްކާލައިގެން މިއުޅެނީ !