ޚަބަރު ސިޔާސީ

މި ސަރުކާރުން އަންހެނުން ބާރުވެރިކުރޭ، އެކަމަކު ވެރިކަން ނުލިބެނީސް މުއިއްޒު ވިދާޅުވީ އަންހެނުން ހައްޔަރުކުރާ ވާހަކަ: މާރިޔާ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި އަންހެނުން ބާރުވެރިކުރަން އެތައް މަސައްކަތެއް ކުރާކަމަށާއި ވެރިކަމަށް ރަނގަޅަށް ނާދެވެނީސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ.މުހައްމަދު މުއިއްޒުގެ ވިދާޅުވަނީ އަންހެނުން ހައްޔަރުކުރާނެ ވާހަކަ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަޙްމަދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން މާރިޔާ ވިދާޅުވީ، އަންހެނުން ސިޔާސީ ދާއިރާއަށް ނެރެ، އަންހެނުން ބާރުވެރިކުރުވުމަށް މިސަރުކާރުން ޚާއްސަ އިސްކަމެއްދީގެން ގިނަގުނަ މަސައްކަތްތައް ކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް ކުރާނެ ކަމަށެވެ.

އަދި މިސަރުކާރުން މަސައްކަތް ކުރަނީ އަންހެނުން ސިޔާސީ ދާއިރާއަށް ބާރުވެރިކުރުވުމަށް ކަމަށާއި، ނަމަވެސް މުއިއްޒުގެ ކެމްޕޭންގައި ވެސް އަންހެނުން ޖަލަށްލާނެ ކަމަށް ވިދާޅުވެ ދައްކަވަނީ ބިރު ކަމަށާއި އަންހެނުން ބާރުވެރިކުރުވުމަކީ ރައީސް ޞާލިޙުގެ ވައުދުފުޅެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.

އެހެންނަމަވެސް، މުއިއްޒު މަސައްކަތް ކުރައްވަނީ ބިރުދައްކެވުމަށް ކަމަށާއި ދައްކަވަނީ އަންހެނުން ހައްޔަރުކުރާ ވާހަކަ ކަން ފާހަގަކުރައްވަމުން މާރިޔާ ވިދާޅުވީ މާލެސިޓީ ކައުންސިލްގެ ޑަބްލިޔުޑީސީގެ ބައްދަލުވުމެއް ކުރިއަށް ތަޅުއަޅުވައި އެތެރޭގައި ބަންދުކުރި ކަމަށާއި މިއަމަލުގެ ސަބަަބުން ވެސް މޭޔަރު މުއިއްޒު އަންހެނުންނަށްގެ މަސައްކަތްތަކަށް ބަލާމިންވަރު ހާމަވެގެންދާ ކަމަށެވެ.

"އެކަމަކު އެ ދައްކަނީ އަޅުގަނޑު ހައްޔަރުކުރާ ވާހަކަ. ކޮންމެހެން އަޅުގަނޑުމެން ވެގެން އަޅުގަނޑު ކަންބޮޑުވަނީއެއް ނޫން. އެކަމަކު އަޅުގަނޑު މިދަންނަވަނީ އަނިޔާވެރިކަމާއި، ބިރުވެރިކަމާއި، ނާމާންކަން ކެންޕޭން ތެރޭގައި އަދި ވެރިކަމަށް ރަނގަޅަށް ނާދެވޭ އެ ދައްކަނީ އަންހެނުން ހައްޔަރުކުރާ ވާހަކަ. އަޅުގަނޑުމެން ކައުންސިލްތަކަށް ބަދަލު ގެނެސް، އަންހެނުންނަށް ރިޒާވް ސީޓް ގެންނަވާހަކަ ދެއްކީ. އަޅުގަނޑުމެން ޑަބްލިޔުޑީސީތައް އަޅުގަނޑުމެން ނެރުނީ. އެކަމަކު އަޅުގަނޑުމެން ސިޔާސީ ދާއިރާގައި މިކުރާ މަސައްކަތް އަންހެން ވެރިންނަށް ހިތްވަރުދީ، ސިޔާސީ ދާއިރާއަށް ނުކުތުމަށް އަޅުގަނޑުމެން މިކުރާ މަސައްކަތާއި، އަޅުގަނޑުމެން ބަސްބުނީމަ އެކަން ހަޖަމް ނުކުރެވޭ ވަރު ރޭގައި ފެނިގެން މިދިޔައީ. ނަމަވެސް އަޅުގަނޑު އިހުތިރާމް ކުރަން އެބޭފުޅާއަށް އެހެން ވިދާޅުވުމުގެ ފުރުސަތު އޮންނާނެ. އެކަމަކު ސަލާމަތީ ޚިދުމަތްތަކަށް ގޮވާލަން ވަކި ގޮތަކަށް ކަންކުރުމަށް" މާރިޔާ ވިދާޅުވިއެވެ.

ހަމައެއާއެކު މިހާރު ވެސް މަލަމަތި އޮތީ ފެންނަން ކަމަށާއި، ކުރިއަށް އޮތް އިންތީޚާބުގައި ރައްޔިތުން ވޯޓުލާއިރު ވިސްނަންޖެހޭ ކަމަށާއި އަދި އަނިޔާވެރިކަމަށް ނޫނެކޭ ބުނަންޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

Ads by HDC
  1. ބިތުފަނި

    އަންހެނަކު ހެޔޮދޯ އިސްލާމްދީނަށް ފުރައްސާރަކޮށް ޑިފެންސްމިނިސްޓްރީގެ ބަޖަޓުން ވައްކަންކޮށް ޤާނޫނާ ހިލާފު އެތައް ޖަރީމާއެއް ހިންގިޔަސް ޖަލަށް ލާނެކަމެއްނެތްދޯ އެހެނެއް ނުވާނެ އެމްޑީޕީގެ ޖާރިޔާ ވެސް އޮންނަން ޖެހޭނީ ޖަލުގަ

  2. ދޮށީބޭ

    އަންހެނަކަސް ފިރިހެނަކަސް ކުއްވެރިވެއްޖެއްޔާ ޖެހޭނީ ހައްޔަރުކުރަން.މާރިޔާ އިސްތިސްނާއެއްނުވާނެ.ޞާލިޙުބޭ ގެންގުޅެނީ އަންދާޤާނު…

  3. އަންހެނުންގެ ތެރެއިންވެސް ހައްޔަރު ކުރަންޖެހޭ ކަމަނާ ހައްޔަރު ކުރުމަކީވެސް ކަބަލުން ބާރުވެރި ކުރުމުގެ ތެރެއިންވާ ބޮޑުބާރުވެރިކަމެއް !

  4. މައިރިޔާ

    އަންހެނެއްފިރިހެއްް ނުބަލާާ ގައުމައްް ގައްދާރުވާމީހުންް ޖަލައްް ލާންޖެހޭޭ އަދިި މިގައުމައްް ގައްދާރުވާންް މަގުކޮށާމީހުންް ވެސްް ޖަލައްް ލާންޖެހޭނެެ ގައުމުު ހާލަތުު ވަރައްް ދައްވެއްޖެެ ވިއްކައިފިި މަސްތާާ ފާހިޝްް އަމަލުތައްް ހައްދެއްނެތިއްޖެެ ތަކެތީގެެ އަގުތައްް ހަރުގަޑައްއަރައިގެންވެސްް ނުފެންނަހާާ މައްޗައްހިގައްޖެެ މިއަދުވެސްް އެޅުޅެނީީ ފާދިރީންް މިނިވަންކަމާއެކުު އިސްތިހާރުވެސްް ކޮއްް ބުއްދާދީންކިޔާވާދިނުމުގަަ މިކުޑަރާއްޖޭގަަ ރައްޔިތުންް އެކަންސަމާލުކަމައްް ގެނައިމަޔޯޯ ސަރުކާރައްް ރެޔެކާލީވެސްް ދެންް ދޮގުހެދިޔަސްވެސްް ތީފުކެއްބޮޑުވަރުު މިފަހަރުު ރައްޔިތުންް ވަރައްް ވިސްނުންތެރިކަމާއެކުު ލާދީނީީ ފިކުރައްް ލޯބިކުރާމީހުންނައްް ބޮޑުތަނުންް ނޫނެކޭބުނެެ އެމީހުންް ކުޅަކަންތައްތަކައްް ޖަވާބުދޭންވާނެެ އަދިި އެކަންކަމައްް ހިތްވަރުދޭމީހުންް ޖަލުގައިި ބައިތިއްބުމައްް ހޮވޭވެރިއެއްގެެ ކިބައިންއެދެންވާނެެ

  5. ހައްޔަރު

    ހައްޔަު ކުރަން ޖެހޭ މީހުން އަހަރެމެން ދުށިން ރައްޔިތުންގެ މަޖިލީހޭ މިކިޔާ ތަނުންވެސް ﷲގެ އިސްމު ފުޅަށް ފައިން އެރިތަންވެސް އެވާނެ ދޯ މާރިޔާ ދައިތައަށް ޖިންސް ލާފަ ފިއްތިބުރި ލާފަ ހުންނައިރު ފެނުނީމަ އަހަރެން ވ ލަދުގަނޭ