Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ނަހުލާގެ އާދޭސް: ކޮންމެ ދިމާއަކުން އެއްޗެއް ލިބުނަސް ހިފާތި, އެކަމަކު ނަފްސް ވިއްކާނުލާތި

ނަހުލާގެ އާދޭސް: ކޮންމެ ދިމާއަކުން އެއްޗެއް ލިބުނަސް ހިފާތި, އެކަމަކު ނަފްސް ވިއްކާނުލާތި

އިންތިޚާބާ ދިމާކޮށް ކޮންމެ ކުލައެއްގެ ޕާޓީއަކުން އެއްޗެއް ދިނަސް އޭގައި ހިފުމަކުން މައްސަލައެއް ނެތް ކަމަށާއި ނަމަވެސް ނަފްސު ވިއްކާނުލުމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ޤާސިމް އިބްރީމްގެ އަނބިކަބަލުން އައިޝަތު ނަހުލާ ގޮވާލައްވައިފިއެވެ.

މި ސަރުކާރުގެ ޓްރާންސްޕޯޓް މިިނިސްޓަރުކަން ވެސް ކުރައްވާ ނަހުލާ މިހެން ވިދާޅުވެފައިވަނީ, ހުޅުމާލެ 2 ގައި ޖޭޕީގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ޖަލްސާގައެވެ.

ނަހުލާ ވިދާޅުވީ, ކޮންމެ ސަރުކާރަކުން ވެސް ވޯޓާ ދިމާކޮށް ޒުވާނުން "ކުޅެން ގެންގުޅޭ" ބަޔަކަށް ހަދާ ކަމަށެވެ. އަދި ކޮންމެ ބަޔަކު ވެސް ޒުވާނުންނަށް ދެނީ "ފެން ކައްކާ ބޮލީގެ އިއްޒަތް" ކަމަށާއި ޒުވާނުން އެކަމަށް ވަރަށް ރަނގަޅަށް ސަމާލުވެގެން ތިބުމަށް ނަހުލާ އެދިވަޑައިގަތެވެ.

Advertisement
Allied — Dhen Online (box)

"ކޮންމެ ދިމާއަކުން ކޮންމެ ކުލައަކުން ވެސް އެއްޗެއް ލިބުނަސް ހިފާތި. އެކަމަކު ނަފްސު ވިއްކާނުލައްޗޭ. އަޅުގަނޑުމެންގެ ނަފްސު ވަރަށް އަގުބޮޑު." ނަހުލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވޯޓަކާ ހަމައަށް ދާއިރު، އަޅުގަނޑުމެންގެ ވާޖިބު އަދާކުރާއިރު، މިހާލަތުގައި މި ރާއްޖެއަށް މި ކެމްޕެއިންގައި ލާ ކޮންމެ ވޯޓަކީ ވާޖިބު ވޯޓެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ."

ނަހުލާ ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމްގެ ވެރިކަމެއްގައި ޒުވާނުންނަށް ފުރިހަމަ ބާރު އޮންނާނެ ކަމަށެވެ. ޖޭޕީގެ ސަރުކާރެއްގައި ކަންކަމުގައި ގޮތް ނިންމުމުގައި އެންމެ އިސްސަފުގައި ތިބޭނީ ވެސް ޒުވާނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް