ޚަބަރު ސިޔާސީ

އިސްރާއީލް ފިޔަވާ އެހެން ހުރިހާ ޤައުމަކާއެކު ގުޅުން ގާއިމް ކުރަން ޖެހޭ, ކުރާނަން: ފާރިސް 

ރައުފާ ރަޝީދު ، ދެން އޮންލައިން

އިސްރާއީލް ފިޔަވާ އެހެން ހުރިހާ ޤައުމަކާއެކު ގުޅުން ގާއިމް ކުރަން ޖެހޭ ކަމަށާއި އެކަމް ކުރައްވާނެ ކަމަށް އަންނަ މަހު ބާއްޔާ ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެނޑިޑޭޓް އަޙްމަދު ފާރިސް ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިހާރު ކުރިޔަށްދާ ރިޔާސީ ބަހުސްގައި ވާހަކަފުޅުދައްކަވަމުން ފާރިސް ވިދާޅުވީ ދާހިލީ ސިޔާސީ ކުރިއެރުން ހޯޑުމަށްޓަކައި ބޭރުގެ ފަރާތްތަކުން އެހީ ހޯދުމަކީ ތާރީހް ދައްކާ ވަރަށް ހިތާމަވެރި ހަގީގަތެއް ކަމަށެވެ.

އަދި ދާޚިލީ ކަންކަމުގައި ބޭރުގެ ގައުމުތަކުގެ އެހީ ހޯދުމަކީ ގައުމަށް ރަނގަޅު ކަމެއް ނޫން ކަމަށާއި ޚާރިޖީ ކަންތައްތައް ބައްޓަން ކުރަން ޖެހޭނީ، އިސްރާއީލް ފިޔަފާ ދުނިޔޭގެ ހުރިހާ ގައުމުތަކާ ވެސް ގުޅުން ބަދަހި ކޮށްގެން ކަމަށް ފާރިސް ވިދާޅުވިއެވެ.

"ދުނިޔޭގެ ފެންވަރުގައި ވެސް އަދި ސަރަހައްދީ ފެންވަރުގައި ލީޑާޝިޕް ރޯލެއް ރާއްޖޭން ދައްކަން ޖެހޭ" ފާރިސް ވިދާޅުވިއެވެ.

މީގެ އިތުރުން ބޭރު ގައުމުގެ ދިދަ ހިފައިގެން އުޅޭ ސިޔާސީ ޕާޓީތައް ފެނިގެން ދިޔުމަކީ ދިވެހިންނަށް ފައިދާވާ ގޮތެއް ނޫން ކަމަށާއި މިކަން ނިންމުމަކަށް ގެންނަން ޖެހޭ ކަމަށް ފާރިސް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ހާރިޖީ ގުޅުމާއި ގުޅޭ ސުވާލުގައި އިބޫ ސޯލިހު މުޅިން ހާލި ވާހަކަ ދެއްކީ !