ޚަބަރު ސިޔާސީ

ހިތުގެ އަޑީގެ ހިސާބުތަކުން ދައްކާގޮތުގައި މުއިއްޒު އޮންނާނީ ރައީސް ޞާލިޙަށްވުރެ 8ޕަސެންޓު ދަށުގައި: އިމްރާން

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ހިތްޕުޅުގެ އެންމެ އަޑީގެ ހިސާބުތަކުން ދައްކާގޮތުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުޙައްމަދު މުއިއްޒު އޮންނަވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށްވުރެ 8 ޕަސެންޓު ދަށުގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ހދ. ކުޅުދުށްފުއްޓަށް ވަޑައިގެން އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ޞާލިޙާއި އެންމެ ވާދަވެރި އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް މުއިއްޒަށް ވޯޓު ލިބިވަޑައިގަންނަވާނީ ރައީސް ޞާލިޙަށް ވުރެ 8 ޕަސެންޓް މަދުން ކަމަށެވެ.

"އަޅުގަނޑުގެ ހިތުގެ އަޑިން ހިސާބުތަކުން ބަރާބަރަށް ޖަހައިފައި މި ދަންނަވަނީ. އެންމެ މަދުވެގެން ވެސް މުއިއްޒު އޮންނާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވުރެ 8 ޕަސެންޓް ދަށުގައި.... އެންމެ މަދުވެގެން ވެސް އަށް ޕަސެންޓާއި 12 ޕަސެންޓާ ދޭތެރޭ ދަށުގައި އޮންނާނީ" އިމްރާން ވިދާޅުވި އެވެ.

އަދި ހދ. ގެ ރަށްތަކަށް ކުރެއްވި ކެމްޕެއިން ދަތުރުން އެ ރަށްތަކުން ބޮޑު ތާއީދެއް ރައީސް ޞާލިޙަށް ލިބޭނެ ކަމުގެ ޔަގީން ކަން އޮތްކަމަށް ފާހަގަކުރައްވަމުން އިމްރާންވަނީ އެހެން ކެންޑިޑޭޓުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން، އެންމެ ފަހުން ބޭއްވި ރިޔާސީ ބަހުސް އިން، ރައީސް ޞާލިޙް ނޫނީ މި އިންތިހާބު ސީރިއަސްކޮށް ނަގާ އިތުރު އެއްވެސް ކެންޑިޑޭޓަކު ނެތް ކަން އެނގިވަޑައިގެންފި ކަމަށާއި މި އިންތިހާބަށް 8 ކެންޑިޑޭޓުން ކުރިމަތިލާއިރު، އޭގެ ތެރެއިން ފަސް ކެންޑިޑޭޓުންނަކީ "ހިލޭ ގެންގޮސް ރައީސް ކަން ދިނަސް"، ހަ މަސް ވަންދެން ވެސް އެ ޒިންމާ އަދާކުރެވޭނެ ފެންވަރުގެ ބައެއް ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ.

އެއީ ކޮން ފަސް ކެންޑިޑޭޓުންނެއް ކަމެއް އިމްރާން ވިދާޅުވެފައި ނުވެއެވެ. ނަމަވެސް އިމްރާން ވިދާޅުވި ގޮތުގައި އެ ކެންޑިޑޭޓުން ވެރިކަމަކީ ބޮޑު ސަކަރާތަކަށް ހަދައިފި ކަމަށެވެ.

Ads by HDC
  1. އަދާލަތަކީ ދީން ކުރިއަރުވާ ބަޔެއް ނޫން މިހާރަކު އެއީ ގޮޑި ހޯދަން އުޅޭ ބައިގަޑެއް، މިހާރު އަދާލަތުގެ ޝޭހުނަށް ވެސް އަންހެނުން އައުރަ ނިވާ ނުކުރިޔަސް އެއީ މައްސަލައެއް ނޫން، އެއްދުވަސްވަރަކީ މިތަނުގެ ބޮޑު މީހެއްގެ އަންބިކޮއި ބުރުގާ ނާޅައިގެން ވަރަށް ވަރުދެއްކި ބައިގަޑެއް، މިއަދު އެމީހުންގެ ބޮޑު ކޮއިގެ އަންބިކޮއި ބުރުގާ ނޭޅިޔަސް ހަމަ އޯކޭ ތާއީދު !