ޚަބަރު ސިޔާސީ

ހަސަން ކުރުސީ" އެނބުރި ޓްވިޓަރއަށް"

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ޓްވިޓަރގައި "ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ އެކައުންޓް މިއަދު ސަސްޕެންޑް ކުރި ނަމަވެސް, އަނެއްކާ ވެސް އެކައުންޓް ރިޓްރީވްކޮށްފިއެވެ.

Ads by STELCO

އަދި ރައީސް ނަޝީދުގެ ޝަހުސިއްޔަތާއި ސިޔާސަތުތަކަށް ތާއީދުކޮށް ގިނަ ޓުވީޓްތަކެއް ކުރި އެ އެކައުންޓުން ވަނީ އެމަނިކުފާނުގެ ދިފާއުގައި ވެސް ގިނަ ވާހަކަތަކެއް ފަތުރައިފަ އެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް އެ އެކައުންޓު މެދުވެރިކޮށް އައީ ރައީސް ނަޝީދުގެ ތާއީދާ އެކު އުފެއްދެވި ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބަށް ތާއީދު ހޯދަން ވެސް މަސައްކަތްކުރަމުންނެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެ އެކައުންޓު ސަސްޕެންޑުކޮށްފައިވަނީ ޓްވިޓަރގެ މިންގަނޑުތަކާ ހިލާފުވެގެންނެވެ. އެއީ ސީދާ ކޮން މިންގަނޑުތަކެއް ކަމެއް ނޭނގެއެވެ. ފަހުން އެކައުންޓް އަނބުރާ ދީފައިވަނީ ކޮން ޝަރުތުތަކާއި އެކުގައި ކަމެއް ވެސް ނޭނގެއެވެ.

ހަސަން ކުރުސީގެ އެކައުންޓުން އެންމެ ފަހުން ފަތުރުވަމުންދިޔައީ ރައްޔިތުންގެ ޒާތީ މައުލޫމާތުތަކެއް ހިމެނޭ ޑީއެންއާރުގެ ޑޭޓާތަކެއް ސަރުކާރުން ވަގަށް ނަގާފައި ކަމަށް ތުހުމަތުކޮށްފައިވާ ސްކްރީންޝޮޓުތަކެއްކަންވެސް ފާހަގަކުރެވެއެވެ.

ކުރުސީގެ އެކައުންޓު ހިންގަވަނީ ރައީސް ނަޝީދު ކަމަށް ގިނަ ފަރާތްތަކުން ތުހުމަތު ކުރި ނަމަވެސް، އެކަން އެމަނިކުފާނު ވަނީ ދޮގުކުރައްވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!