ޚަބަރު ސިޔާސީ

ސިޔާސީ ޕާޓީއާއި ޖެހުމުން އެއްބަނޑު އެއްބަފާކަން ހަނދާންނެތޭ މީހުން އުޅޭ: ޑރ. ވަހީދު

އާއިޝަތު ޝައުނާ ، ދެން އޮންލައިން
ފޮޓޯ: ޖުމްހޫރީ ޕާޓީ

ސިޔާސީ ޕާޓީއާއި ޖެހުމުން އެއްބަނޑު އެއްބަފާ ބައެއްކަން ހަނދާން ނެތި، އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަކޮށް, އެއްޗެހި ކިޔާ، ގުޅުން ކަނޑާލާ ވާހަކަ ދެއްކުން ހުއްޓާލާ މީހުން އުޅޭ ކަމަށް ކުރީގެ ރައީީސް ޑރ.މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ޤާސިމް އިބްރާހިމާއިއެކު ގދ. ތިނަދޫ ސިޓީއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ރޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ސިޔާސީ ޕާޓީއާއި ޖެހުމުން އެއްބަނޑު އެއްބަފާކަން ހަނދާނެނެތޭ މީހުން އުޅޭކަމަށާއި ވޭތުވެ ދިޔަ 10 އަހަރު ވެސް އިސްވެ އެމަނިކުފާނާއި ވާހަކަ ނުދައްކަވާ ތިމާގެ މީހުން ވެސް އެބައުޅުއްވާކަމަށެވެ.

"ސިޔާސީ ޕާޓީއާއި ޖެހުމުން އެއްބަނޑު އެއްބަފާ ބައެއްކަން ހަނދާން ނެތި، އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަކޮށް. އެއްޗެހި ކިޔާ، ގުޅުން ކަނޑާލާ ވާހަކަ ދެއްކުން ހުއްޓާލާ. ވޭތުވެ ދިޔަ 10 އަހަރު ވެސް އިސްވެ އަޅުގަނޑާ ވާހަކަ ނުދައްކާ އަޅުގަނޑުގެ ތިމާގެ މީހުން ވެސް އެބައުޅޭ،" ރައީސް ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖެއަށް ޑިމޮކްރަސީ ގެންނަން އެތައް ބަޔަކު ގުރުބާންތަކެއް ވެގެން މަސައްކަތް ކުރީ އިސްލާހަށް ކަމަށާއި ނަމަވެސް ޑިމޮކްރަސީ އައުމުން އުފެދުނީ ބައިބައިވުން ކަމަށާއި، އެއީ ހިތާމަ ކުރަން ޖެހޭ ކަމެއް ކަމަށް ފާހަގަކުރައްވަމުން ރައީސް ވަހީދު ވިދާޅުވީ ދިވެހިން މުސްލިމުންގެ ގޮތުގައާއި ޒަމާނުންސުރެ ދިވެހިންގެ ގޮތުގައި ހިފަހައްޓަމުން އައި ރިވެތި ގާތްގުޅުންތަކަށް ބުރޫ އަރާފައިވާ ކަމަށެވެ. އެގޮތުން އެއްބަނޑު އެއްބަފާ ކަމުގެ ގުޅުން ކަނޑާ، އެއްބަޔަކު އަނެއް ބަޔަކަށް ފުރައްސާރަ ކުރަމުންދާ ކަމަށެވެ.

ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ނަމުގައި ރައީސް ވަހީދު ދެ އަހަރެއްހާ ދުވަހު ވެރިކަން ކުރެއްވީ އިދިކޮޅު ފަރާތްތައް ބައިވެރިކޮށްގެން ކަމަށްވާއިރު ސަރުކާރުގައި ބައިވެރިވާން ހުށަހެޅުމުން އެކަން އެމްޑީޕީން އޭރު ބަލައިނުގަތެވެ. އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި ރައީސް ވަހީދު އޭރު ކުރެއްވީ ބަގާވާތެކެވެ.

Ads by HDC
  1. ދޮށީބޭ

    އެހެންވެގެންނޭސިޔާސީ ޕާޓީ ހަދަން އަޅުގަނޑުމެން ދެކޮޅުހެދީ!ސިޔާސީފިތުނައިގަ އިސްލާމީ ޤަވްމެއް މިއޮއްހަލާކުވެދަނީ!ވަރަށްދެރަ.