މާލޭގެ ކައުންސިލަރު ޒަމީރު ޕީޕީއެމާ ގުޅިވަޑައިގަންނަވައިފި

މާލެ ސިޓީ ކައުންސިލްގެ އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މައްޗަންގޯޅި މެދު ދާއިރާގެ ކައުންސިލަރު އަޙުމަދު ޒަމީރު ޕީޕީއެމް އާ ގުޅިވަޑައިގެންފިއެވެ.
ޕީޕީއެމް އަށް ސޮއި ކުރައްވައި އޭނާގެ ފޯމު މިއަދު، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުއާ ވަނީ ޙަވާލު ކުރައްވައިފައެވެ. އަދި މުޢިއްޒުގެ ކެމްޕެއިންގައި މިއަދު ޒަމީރު ވަނީ ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެންފައެވެ.
ޒަމީރު އިދިކޮޅު މައި ޕާޓީ، ޕީޕީއެމަށް ސޮއިކުރެއްވިއިރު، އޭނާ މިފަހުން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ވެސް ވިދާޅުވެފައެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބާ ދިމާކޮޮށް ގިނަ ބަޔަކު އަންނަނީ ޕީޕީއެމާ ގުޅެމުންނެވެ.