ޚަބަރު ސިޔާސީ

މޫސަ ފާރިސްއަށް: އަނިޔާ ލިބުނު މީހުންނަށް ތަސައްލީއެއް ލިބޭނީ އިންތިހާބަށް ނުނިކުންނެވުމުން

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަނިޔާ ލިބުނު މީހުންނަށް ތަސައްލީއެއް ލިބޭނީ ރިޔާސީ އިންތިހާބަށް ފާރިސް މައުމޫން ނުނިކުންނެވުމުން ކަމަށް މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ފާރިސް ރޭ އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ މައުމޫންގެ ވެރިކަން ކުރެއްވި ދުވަސްވަރު ރައްޔިތުންގެ ތެރެއިން ބަޔަކަށް އަނިޔާތަކެއް ލިބި އަދި ހިތާމަތަކެއް މެދުވެރިވެފައިވާ ކަމަށް ގަބޫލުކުރާ ކަމަށާއި އަދި އެ ހިތާމައިގައި އަދިވެސް ބަޔަކު ތިބި ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

އަދި އެކަން ދޮގު ނުކުރައްވާ ކަމަށާއި "އަޅުގަނޑު މިކަމަށްޓަކާ ތިބޭފުޅުން އަރިހުން ނިހާޔަތަށް މައާފަށް އެދެން،" ކަމަށް ފާރިސް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ރީކޯ މޫސަ ވިދާޅުވީ ބައްޕަގެ ވެރިކަމުގަ އަނިޔާލިބުނު މީހުންގެ އާއިލާތަކަށް ލިބޭނެ ތަސައްލީއަކީ ބައްޕަގެ ތާއީދާ އެއްބާރުލުމާއެކު ބައްޕަގެ ބަސްވިކޭނެ ވެރިކަމެއް އުފައްދަވަން ފާރިޝް ނުނިކުންނެވުން ކަމަށެވެ.

“އަދި ނަންފުޅު އަނބުރާ ގެންދަވައިފިނަމަ ރަނގަޅީ، ވަރަށް އަނިޔާދިން ޢާއިލައެއްގެ މީހެއް" ރީކޯ މޫސަ ވިދާޅުވިއެވެ.

ދާދި ފަހުން އޮންލައިން މީޑީއާއަކުން މިކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ފާރިސް ވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި އެފަދަ ކަންތައްތަކެއް ނުހިނގާކަމަށް ބުނެފައެވެ. މިކަމާއި ގޫޅޭގޮތުން ފާރިސް ވިދާޅުވީ އެ ވާހަކަތަކުގެ ސަބަބުން އަނިޔާ ލިބުނު މީހުންގެ ހިތާމަ އިތުރުވެގެން ދިޔަ ކަމަށާއި އެކަމަށް ވެސް މައާފަށް އެދޭ ކަމަށެވެ.

Ads by Allied Insurance
  1. ކުރިން

    ކަލެއަށް އެކަނިތަ އަނިޔާއެއް ލިބިގެން އުޅެނީ. ކަލޭ ގެ ފުށުން ކިތައް މީހުންނަށް އަނިޔާ ލިބުނު.

  2. އާދަނު

    މީނަޔަށް އަނިޔާލިބުނީ މިސްކިތު ސަޖިދާގައޮއްވަބާ !