Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ދަމު ނަމާދާއި ވިތުރި ވެސް ކުރަން: ފަޒްނާ

ދަމު ނަމާދާއި ވިތުރި ވެސް ކުރަން: ފަޒްނާ
ދަމު ނަމާދާއި ވިތުރި ކުރައްވާ ކަމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން، ފަސްޓް ލޭޑީ، ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ. ރާއްޖެ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ފަޒްނާ ވިދާޅުވީ، ރައީީސް ޞާލިޙަށްވުރެ ކުރިން އެކަމަނާ ތެދުވެވަޑައިގެން، ދަމު ނަމާދާއި، ފަތިސް ނަމާދާއި ވިތުރި ވެސް ކުރައްވާ ކަމަށެވެ.
"އަޅުގަނޑު ހުންނާނެ، 3:55އަށް ސޯނާ ކޮށްފަ އިނގޭތޯ. އެއީ ދެން، ރައީސްއަށްވުރެ ކުރިން ހޭލަން ވެގެން. އާމިރު ތިހެން އެއްސެވީމަ، ކޮންމެހެން އަޅުގަނޑު ނަމާދު ކުރާ ވާހަކަ ދައްކަން ވެގެނެއް ނޫން، އަޅުގަނޑު ވެސް ހަމަ، ދަމު ނަމާދާއި ވިތުރިއާ ކުރަން." ފަޒްނާ ވިދާޅުވިއެވެ.
ފަޒްނާ އިތުރަށް ވިދާޅުވީ އެކަމަނާ ފަތިސް ނަމާދަށް ބަންގި ގޮވަންދެން، ކީރިތި ޤުރުއާން ވެސް ވިދާޅުވާ ކަމަށެވެ. ފަޒްނާ އިތުރަށް ވިދާޅުވީ، ރައީސް ޞާލިޙު ވެސް ދަމު ނަމާދު ކުރަން ވަގުތު އޮއްވައި، ތެދުވެވަޑައިގެން، އެ ނަމާދު ކުރައްވައި، ފަތިސް ނަމާދު ވަގުތާއި ހަމައަށް ކީރިތި ޤުރުއާން ވިދާޅުވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް