ވެރިކަމުގެ ދަހިވެތިކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ދިވެހި ރައްޔިތުންގެ ބޮލަށް ބަޑިޖަހަންވެސް ފަސްޖެހިވެވަޑައިނުގަންނަވާނެކަމަށް އިލްޔާސް ލަބީބްގެ ކެމްޕެއިން ތަރުޖަމާނު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބު (އިއްލެ)ގެ ކެމްޕޭނު ފަހު ޖަލްސާގައި ރޭ ވާހަކަފުޅުދައްކަވަމުން އިންތި ވިދާޅުވީ ކެމްޕޭން ދަތުރުތަކުގައި އެންމެ ގިނައިން އަމާޒުވާ ސުވާލަކީ ހާލަތު ނިޔާ ކުރާ ގޮތެއްގެ ސަބަބުން ރައީސް ޞާލިޙުގެ ފަހަތަށް އަރާނެތޯ ކުރާ ސުވާލުކަމަށާއި އެއީ ނުވާނެ ކަމެއްކަމަށެވެ.
އަދި ރައީސް ނަޝީދުއަކީ ޑިމޮކްރެސީ ރާއްޖޭގައި ފެތުރުމުގެ ބާނީކަމަށްވާއިރު އެބޭފުޅާ ހިމެނިވަޑައިގަންނަވާހެން ޖީލެއް ޤުރުބާންވެގެން އިންސާނާގެ ކަރާމަތް ދެމެހެއްޓުމަށް ކުރި މަސައްކަތް އަދި ހާސިލް ކުރަން އުޅުނު ކަންތައްތައް މިއަދު ފެންނަންނެތްކަމަށް އިންތި ވިދާޅުވިއެވެ.
"އިންސާނާގެ ކަރާމާތަށް މިއަދުއިބްރާހިމް މުޙައްމަދި ޞާލިޙް ވެރިކަމަށް ތަޙުތުވެވަޑައިގެން ހުންނަވާ އެކުރައްވަމުން ގެންދަވާ ފުރައްސާރަ، އެ ނިކަމެތިކުރަމުންދާ ގޮތް، ދިވެހިރާއްޖޭގެ ރައްޔިތުން އަނދަވަޅަކަށް ވައްޓަމުންދާގޮތް، އިންސާނާ އެންމެ ދަށު ދަރަޖައަށް ވައްޓާލުމަށް އެކުރާ މަސައްކަތާމެދު ކުޑަކުޑަ ވަގުތުކޮޅެއް ނަންގަވައިގެން ތިބޭފުޅުން ވިސްނާވަޑައިގަންނަވާ ވޯޓު ލެއްވުމުގެ ކުރިން" އިންތި ވިދާޅުވިއެވެ.
އަދި މުޅި އިންސާނާގެ ކަރާމާތާއި ގުޅިފައިވާ އެއްކަމަކީ ހަލާލު މަސައްކަތްކޮށްގެން، މިނިވަންކަމާއެކުގައި އެހެން އެއްވެސް ފަރާތެއްގެ ބިރެއް ނެތި އުޖޫރަ ލިބުމުގެ ޙައްޤުކަމަށާއި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ދާއިރުގައި ޤައުމުގެ ހާލަތާމެދު ރައްޔިތުން ވިސްނަވަން އިންތިވަނީ އިލްތިމާސްކުރައްވާފައެވެ.
"އަޅުގަނޑުމެން ދިވެހިރާއްޖޭގެ ރައްޔިތުން އިންސާނާގެ ކަރާމާތަށްޓަކައި ކުރީގެ ޕާޓީ އުފެއްދި އިރުގައި އެކުރި މަސައްކަތަކީ ގުދަށް އޮންނަންޖެހޭ ގޮތަށް އެ މަޖުބޫރުކުރުވާ ކުރުން އެއިން ނެއްޓުން، އެއީ އަޅުގަނޑުމެން ކުރި މަސައްކަތަކީ، ވެރިންނަށް އަޅުދާސްތުވުން މަޖުބޫރުކޮށްފައިވާ ގޮތްތަކުން ނެއްޓުން، ރެކުން، އެއީ އޭރު ކުރަމުންދިޔަ މަސައްކަތަކީ، މީހުންނަށް ބިރުން، ވެރިންދެކެ ބިރުން، އަޅަކަށްވެގެން ހުންނަންޖެހުން ނިމުމަކަށް ގެންނަން މަސައްކަތްކުރީ އޭރު" އިންތި ވިދާޅުވިއެވެ.
މުޅި އިންސާނީ ހަޟާރާތް ބިނާވެފައިވަނީ އެ މިނިވަންކަމުގެ މައްޗަށް ކަމަށާއި މުޅި ދުނިޔޭގެ ހުރިހާ ޤާނޫނުތަކުންވެސް ގޮވަނީ މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ ހައްޤު ރައްޔިތުންނަށް ކަށަވަރުކޮށްދިނުމަށް ކަމަށްވާއިރު ކުރިން އެމްޑީޕީގައި އެބޭފުޅުން ތިއްބެވި އިރު އެމަގަށް މަސައްކަތްކުރައްވައިގެން އެތައް ބަޔެއްގެ ޤުރުބާނީއާއެކު ކޮންމެވެސް ކަންތައްތަކެއް ހާޞިލްކުރެވުނު ކަމަށާއި ނަމަވެސް މާހައުލު ބަދަލުވެއްޖެކަމަށް އިންތި ފާހަގަކުރެއްވިއެވެ.
"މިއަދު ނިކަން ބައްލަވާ 2023ގައި ވަނަ އަހަރުގައި އިބްރާހިމް މުހައްމަދު ޞާލިޙް ވާދަކުރައްވާ އިންތިޚާބަކަށް ނުކުންނައިރު މުޅިދިވެހިރާއްޖޭގެ މާހައުލަށް ހަދާފައިވާގޮތް ނިކަން ބައްލަވާ" އިންތި ވިދާޅުވިއެވެ.
ރާއްޖެ މިހާރު އޮތް ހާލަތު ސިފަކުރައްވަމުން އިންތި ވަނީ ރައީސް މުޙައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާއަށް އިޝާރަތްކުރައްވާފައެވެ. އެގޮތުން ރައީސް ނަޝީދު އަވަހާރަކޮށްލަން އެކަމުގެ މުގުލުގައި ހުންނެވީ ރައީސް ޞާލިޙުކަމަށް ދޭހަވާގޮތަށް އިންތި ވާހަކަދައްކަވާފައިވެއެވެ. އަދި ރައީސް ނަޝީދަށް އިންސާފު ދެވިފައިނުވާކަމަށާއި މިހާރު މުޅި ރާއްޖޭގެ ހާލަތު އޮތީ އެފަދަ ގޮތަކަށް ކަމަށް އިންތި ވިދާޅުވިއެވެ.
"އާދެ މިހުރިހާ ކަމެއް މިގޮތަށް ދިޔައީމަވެސް ނިކަން ބައްލަވާ، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދައިގެން ރައީސް މުޙައްމަދު ނަޝީދު އުފެއްދެވި ސިޔާސީ ޕާޓީން އެބޭފުޅާ ބޭރުކޮށް، ހަޔާތްކުޑަކަމާއި، ގޮތްކުޑަކަމާއި، އަނިޔާވެރިކަމާއި ނުލަފާކަން ނިކަން ބައްލަވާ" އިންތިި ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ ރައްޔިތުން ނުކުމެ ވަޑައިގަންނަވާ، މި އަނިޔާ ވެރިޔާގެ ކިބައިން ތިބޭފުޅުން ސަލާމަތްވާން ލިބޭ ފުރުޞަތެއް މިއީ، ދެވަނަ ދައުރެއް ލިބިއްޖެކަމުގައިވަނީ ނަމަ ވެރިކަމުގެ ދަހިވެތިކަމުގައި ތިބޭފުޅުންގެ ބޮލަށް ބަޑިވެސް ޖަހާނެ، ލޮޅުމެއް ކިރިޔާވެސް ވެރިކަމަށް އަންނަން، ކިރިޔާ ފުރުސަތެއް ލިބިއްޖެނަމަ ބޮލަށް ބަޑި ޖަހައިގެންވެސް ވެރިކަމުގައި ހުންނަން ބޭނުންވާ ނާޤާބިލް ނުކިޔަވާ ހުންނެވި ބޭފުޅެއް" އިންތި ވިދާޅުވިއެވެ.
މީގެ އިތުރުން އިންތި ވިދާޅުވީ ރައީސް ޞާލިޙަކީ ވެރިކަން ލިބިއްޖެނަމަ "ވެރިކަމަށްޓަކައި ބޫތުކައިގެން" އުޅުއްވާ ބޭފުޅެއްކަމަށާއި އޭގެ ސަބަބުން "ބޮލަށް ބަޑިޖަހާފައިވެސް ވެރިކަމުގައި ހުންނަން ގަސްތުކުރައްވާފައިވާ ބޭފުޅެއް" ކަމަށެވެ.
އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވޯޓު އަޅުއްވަން ނުކުންނަވާއިރު ރައްޔިތުންނަށް ހެޔޮވެރިކަމެއް ގެނެސްދީ ރައްޔިތުންނަށް މިނިވަންކަން ކަށަވަރުކޮށްދެވޭނެ ވަރުގެ ބޭފުޅަކަށް ވޯޓު ދެއްވުމަށާއި އެއީ އިލްޔާސް ލަބީބު ކަމަށް އިންތިވަނީ ވިދާޅުވެފައެވެ.
އެހެންވެގެންތާ ފެބުރުއަރީ 7 ގަ ރައއޔިތުންގެ ގަޔަށް ބަޑިޖެހީ
ކޮންމެ ގޮތެއް ހަދައިގެންވެސް ލާދީނީ ޑިމޮކްމީދާ ބައިގަނޑު ނުހޮވިއްޖެއްޔާ އޯކޭ.
ވެރިކަމުގ ދަހިވެތިކަމުގ ފެބްރުއަރީގ ނިކުމ މުޅ ގައުމުގ ހުޅުޖަހ އަންދާލ އިބްރާހިމ މުހައްމަދ ސާލިހުއޭތ ކަލޭތިބުނ. ނަގޫބަޅާ