ޚަބަރު ސިޔާސީ

މިއީ ފެށުމެއް، ދާނީ ކުރިޔަށް: އަމްރު

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއީ ފެށުމެއް ކަމަށާއި ދާނީ ކުރިޔަށް ކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ރަނިންމޭޓް ހުސެއިން އަމްރު ވިދާޅުވެއްޖެއެވެ.

Ads by MWSC

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ މިއަދާ ހަމަޔަށް ޑިމޮކްރެޓްސް ކުރި ކެމްޕޭންގެ ކޮންމެ ކާމިޔާބީއެއް، ޚާއްސަކޮށް ޕާޓީ އުފެދިގެން އެންމެ 2 މަސްތެރޭ، ހާސިލްކުރެވުނީ ސެންޓްރަލް އަދި އަތޮޅުތަކުގެ އަދި ރަށްރަށުގެ ކެމްޕޭން ޓީމްތަކުގެ ބުރަ މަސައްކަތުން ކަމަށެވެ.

އަދި ވަކިން ޚާއްސަކޮށް ކެމްޕޭން ކޯޑިނޭޓަރުންނާ، މެންބަރުންނާ،
ދޮރުން ދޮރަށް ވަރުބަލި ކަމެއްނެތި ހިންގެވި ބޭފުޅުންނާ، ކުޅަދާނަ ކޮންޓެންޓް ކްރިއޭޓަރުންނާ، އަދި ކެމްޕޭން މުޅި ރާއްޖެއަށް ފަތުރާލަދިން މީޑިޔާ އަދި ސޯޝަލް މީޑިޔާ ޓީމްތަކަށް ހުއްޓުމެއް ނެތް ޝުކުރު ދަންނަވާ ކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ މީ އާ ފެށުމެއް ކަމަށާއި ދާނީ ކުރިޔަށް ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 84،805 ވޯޓެވެ. އެއީ 39.04 އިންސައްތައެވެ. އަދި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގަތީ 100،342 ވޯޓެވެ. އެއީ 46.19 އިންސައްތައެވެ.

އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ލިބިފައިވަނީ 15،191 ވޯޓެވެ. އެއީ 6.99 ޕަސަންޓެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!