ޚަބަރު

ކޮވިޑް-19: މިއަދު ރާއްޖެއިން ފައްސިވީ 96 މީހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖެއިން މިއަދު 96 މީހަކު ކޮވިޑަށް ފައްސިި ވެއްޖެއެވެ.

Ads by MWSC

މިހާރު ކުރިއަށްދާ ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ނޫސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ، މިއަދު މި ބައްޔަށް ފައްސިވީ މީހުންގެ އިތުރު ތަފްސީލެއް އެސެންޓަރުގެ ޑޭޓާ ސިސްޓަމުން ނުދައްކާ ކަމަށާއި އެތަފްސީލު އެނގޭނީ މާދަމާކަމަށް ބެލެވޭ ކަމަށެވެ.

އެމައްސަލަ މިހާރުވެސް ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވެފައިވެއެވެ.

އޭގެ އިތުރުން ހުރި މައުލޫމާތުތައް ހިއްސާ ކުރައްވަމުން ޑރ. އަޒްފަލް ވިދާޅުވީ މިހާތަނަށް ރާއްޖެއިން މިބަލިން 4،113 މީހުން ވަނީ ރަނގަޅުވެފައި ކަމަށެވެ. އަދި 26 ފަރާތެއް މިބަލީގައި ރާއްޖެއިން ނިޔާވެފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން މީހުން އުޅޭ ރަށްރަށުގެ 21 ރަށެއްގައި ކޮވިޑް ޖެހިފައިވާ މީހުން އެބަތިބި ކަމަށާއި އަދި 10 ރިސޯޓެއްގައި ވެސް އެފަދަ މީހުން އެބަތިބި ކަމަށް ބުނެފައިވެއެވެ.

މިބައްޔަށް ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދަމުންދާ 169 ފަރާތެއް ހިމެނޭ ކަމަށާއި އޭގެތެރެއިން 10 ފަރާތެއް އައިސީޔޫ ގައި އޮތް އިރު ފަސް ފަރާތެއް ވެންޓިލޭޓަރަށް ލާފައިވާ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!