ކޮވިޑް-19: އަލްޙަމްދުލިﷲ. މިއަދު ބަލިން ރަނގަޅުވީ101މީހުން

ކޮވިޑް-19 އަށް ފައްސީ މީހުންގެ ތެރެއިން މިއަދު މިބަލިން ރަނގަޅުވެފައިވަނީ 101 މީހުންނެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ޑރ. އަފްޒަލް ވިދާޅުވީ މިއަދު ރާއްޖެއިން މިބަލިން 101 މީހުން ރަނގަޅުވެފައިވާ ކަމަށާއި އިތުރު 96 މީހަކު މިއަދު ފައްސިވި ކަމަށެވެ.
އިތުރު މައުލޫމާތުތައް ހިއްސާ ކުރައްވަމުން ޑރ. އަޒްފަލް ވިދާޅުވީ މިހާތަނަށް ރާއްޖެއިން މިބަލިން 4،113 މީހުން ވަނީ ރަނގަޅުވެފައި ކަމަށެވެ. އަދި މި ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 26 އަށް އަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން މީހުން އުޅޭ ރަށްރަށުގެ 21 ރަށެއްގައި ކޮވިޑް ޖެހިފައި ތިބި މީހުން އެބަތިބި ކަމަށާއި އަދި 10 ރިސޯޓެއްގައި އެފަދަ މީހުން އެބަތިބި ކަމަށް ބުނެފައިވެއެވެ.
މިބައްޔަށް ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދަމުންދާ 169 ފަރާތެއް ހިމެނޭ ކަމަށާއި އޭގެތެރެއިން 10 ފަރާތެއް އައިސީޔޫ ގައި އޮތް އިރު ފަސް ފަރާތެއް ވެންޓިލޭޓަރަށް ލާފައިވާ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.