މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި، އެމްޑީޕީ ނުވަތަ ޕީޕީއެމާއެކު އެކުގައި މަސައްކަތް ކުރުމާމެދު ގޮތް ނިންމުމަށް ޖޭޕީއިން މިއަދު ބާއްވަން އުޅުނު ކައުންސިލް ބައްދަލުވުން ފަސްކޮށްފިއެވެ.
އެ ޕާޓީގެ ތަރުޖަމާނު އަލީ ސޯލިހު ވިދާޅުވީ އިތުރު މަޝްވަރާތަކަށް ފުރުސަތު ދިނުމުގެ ގޮތުން މިއަދުގެ ބައްދަލުވުން މިހާރު ފަސްކޮށްފައިވާ ކަމަށެވެ.
ޖޭޕީގެ ބައްސަލުވުން ކެންސަލްކޮށްފައިވާއިރު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ޕީޕީއެމް- ޕީއެންސީއާ އެކު ކުރިއަށް ދިއުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ވަނީ ނިންމައިފައެެވެ.
އެ ގޮތަށް ނިންމީ މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ ކައުންސިލްގައި 37 މެންބަރުންގެ ވޯޓުންނެވެ. އެއީ އިންތިޚާބުގެ ދެވަނަ ބުރުގައި ވަކި ކެންޑިޑޭޓަކަށް ތާއީދުކޮށް ޕާޓީއަކުން ނިންމި ފުރަތަމަ ނިންމުމެވެ.
ގާސިމްގެ އަރިހަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ މައި އިދިކޮޅު ކެންޑިޑޭޓު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓު ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެމްބެ) ވަނީ ވަޑައިގެންފައެވެ.
މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ގޮސްފައިވާ ރައީސްް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް މިއަދު ޤާސިމާ ބައްދަލުކުރައްވާނެއެެވެ.