ޚަބަރު ސިޔާސީ

ފުއާދު މާރިޔާއަށް: ބާތިލް ވޯޓަށްވުރެ ފުރަތަމަ ތިން ކެންޑިޑޭޓުންގެ ވޯޓުގެ ފަރަގު ބޮޑު

ރައުފާ ރަޝީދު ، ދެން އޮންލައިން

ރިޔާސީ އިންތިހާބުގައި ގިނަ އަދަދެއްގެ ވޯޓު ބާތިލުކޮށްފައިވާ ކަމަށާއި އިންތިހާބު ބާތިލު ކުރާ ވަރަށް ބާތިލު ވޯޓު އެބަހުރި ކަމަށް، އެމްޑީޕީގެ ކެމްޕެއިން މެނޭޖަރު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވުމުން އިލެކްޝަންސް ކޮމިޝަނަރު ފުއާދު ތައުފީގު ރައްދު ދެއްވައިފިއެވެ.

Ads by MWSC

އެމްޑީޕީގެ ކެންޕެއިން ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން މާރިޔާ ވިދާޅުވީ ސީދާ ހެޔޮފާހަގައެއްކަން އެނގޭއިރު ވެސް ބައެއް ވޯޓުތައް ބާތިލުކޮށްފައިވާ ކަމަށެވެ.

އަދި އީސީން އިންތިހާބު އިންތިޒާމުކުރުމުގައި ގިނަ މައްސަަލަތަކެއް އެބަހުރި ކަމަށާއި އެ މައްސަލަތައް ހިފައިގެން ސުޕްރީމް ކޯޓަށް ދިޔުމުގެ ފުރުސަތު އޮތް ނަމަވެސް އެކަން އެމްޑީޕީން ނުކުރާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ފުއާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އް ވަނަ އާއި ދެވަނަ ހޯއްދެވި ދެ ކެންޑިޑޭޓުންނަށް ލިބިވަޑައިގެންނެވި ވޯޓުގެ ފަރަގު ބާތިލް ވޯޓަށް ވުރެ ބޮޑު ކަމަށެވެ.

އަދި ދެ ވަނަ އާއި ތިން ވަނަ ކެންޑިޑޭޓްގެ މެދުގައި އޮތް ފަރަގު ވެސް، ބާތިލް ވޯޓަށް ވުރެ ބޮޑު ކަމަށް ފުއާދު ވިދާޅުވިއެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ޞާލިޙަށް ލިބިވަޑައިގެންނެވީ 86،161 ވޯޓު، އެއީ 39.5 އިންސައްތައެވެ. މުއިއްޒަށް ލިބިވަޑައިގެންނެވީ 101،635 ވޯޓެވެ. އެއީ 46.06 އިންސައްތައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!