ޚަބަރު ސަރުކާރު ސިޔާސީ

އިންޑިއާ އައުޓް ކެމްޕޭނުގެ ނަތީޖާއަކީ ދިވެހިންނާއި އިންޑިއާ ދޭތެރޭ އޮތް ރަހުމަތްތެރިކަން ނަފްރަތަށް ބަދަލުވުން: ރޮޒެއިނާ

ޙައްވާ އިނާޝާ ، ދެން އޮންލައިން

"އިންޑިއާ އައުޓް" ކެމްޕޭނުގެ ނަތީޖާއަކީ ދިވެހިންނާއި އިންޑިއާ ދޭތެރޭ އޮތް ޒަމާންވީ ރަހުމަތްތެރިކަން ނަފްރަތަށް ބަދަލުވުން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރޮޒެއިނާ މިހެން ވިދާޅުވީ ގެންގުޅޭނީ އިންޑިއާ ފަސްޓް ޕޮލިސީ ކަމަށާއި އެއީ ރާއްޖެއާ އެންމެ ގާތް ގައުމު ކަމަށް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުން ކުރި ހޯއްދަވާފައިވާ ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާ ވީޑިއޯއެއް ޓްވިޓާގައި ހިއްސާކުރުމަށް ފަހުއެވެ.

އެގޮތުން މުއިއްޒުގެ ވީޑިއޯ ކޮޅު ހިއްސާކުރެއްވުމަށްފަހު ރޮޒެއިނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިނުގެ ބޭނުމަކީ ސަރުކާރާ މެދު ނަފްރަތު އުފެއްދުން ކަމަށެވެ.

އަދި ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެ ކަމެއް އިންޑިއާ އިން ނުކުރާނެކަން އެންމެ ރަނގަޅަށް އެނގޭނެ އެއް ބަޔަކީ ވެސް އިދިކޮޅު ކެންޑިޑޭޓް މުއިއްޒާ އެކު ތިއްބެވި ބޭފުޅުންނަށް ކަމަށް ރޮޒެއިނާ ވިދާޅުވެފައި ވެއެވެ.

ހަމަ އެހެންމެ އިންޑިއާ އައުޓް ކެމްޕޭނުގެ ހަމައެކަނި ނަތީޖާއަކީ ދިވެހިންނާއި އިންޑިއާ ދޭތެރޭ އޮތް ޒަމާންވީ ރަހުމަތްތެރިކަން ނަފްރަތަށް ބަދަލުވެ އެތައް ބައެއްގެ ހިތުގައި ހަގީގަތެއް ނެތް ބިރުވެރިކަން އުފެއްދުން ކަމަށް ރޮޒެއިނާ ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މުއިއްޒުގެ ވެރިކަމެއް އަޔަސް އޮންނާނީ އިންޑިއާ ފަސްޓް ޕޮލިސީ ކަމަށާއި އެއްވެސް މީހަކު ބޭރެއް ވެސް ނުކުރާނެ ކަމަށާއި މިތާ ހިނގާ އޮޕަރޭޝަންސްތައް ކުރިޔަށް ދާނެ ކަމަށާއި އިންޑިއާ އައުޓް ކެމްޕޭނުގެ ހުރިހާ ގެއްލުމެއް ރައްޔިތުންނަށް ކަމަށް ރޮޒެއިނާ ވިދާޅުވެފައި ވެއެވެ.

Ads by HDC
  1. ދިވެހިރާއްޖޭއަކީ ބައިނަލް އަޤުވާމީ ގިނަޖަމުއްޔާ ޖާޢަތްތަކުގެ މެމްބަރު ޤައުމެއް، ދިވެހިރާއްޖޭގައި ވަރަށް ގިނަ ޤައުމުތަކުގެ ޑިޕޮލަމޭޓުން ދިރިއުޅޭއިރު ވަކި ޤައުމެއްގެ އެމްބަސީއެއްގެ ކަންކަން މާބޮޑުވެ ނޫސްތަކުގައި ލިޔާން މިޖެހުނީ އެބުނާ އެމްބަސީގެ އަމަލު ހުންނަ ގޮތުންތޯ ؟ ޑިޕޮލަމޭޓުން ޤައުމުތަކުގެ ދާހިލީ ކަންކަމާއި ބެހުމަކީ ޖެނީވާ ވިއެންނާ ކޮންވެންޝަނާއި ހިލާފުކަމެއް ނުންތޯ ؟

  2. ބަލާބަލަ

    ހެޔޮނުވާނެއޭ ގާސިމް އަމިއްލަ އަށް ގާސިމްގެ އެޑްވައިޒަރުން ގޮވައިގެން ހުސެން ސޯލިހާއި ގުޅައިގެން ތިޔާ ހިންނަވަރޭ ގާތު ވެސް ބުނެގެން ދޭބަލަ އައްޑޫ ގަމަށް އެތަނުގައި ތިބި ދިވެހި ސިފައިންގެ މީހަކަށް އިންޑިއާ ހެލިކޮޕްޓަރު ގައި އަތްލާން ވެސް ނުލިބެއޭ އެތަނުގައި ތިބި ދިވެހި ސިފައިން ނިދާ ކޮޓަރި ތަކުން އެމެން ނެރެ މިސަރުކާރުގެ ލަދުހަޔާތް ކުޑަ ކަމުން އިންޑިއާ ސިފައިންނަށޭ ދިނީ އިންޑިއާގެ 550 ސިފައިން އެބަތިއްބޭ ގަމުގެ ދޫގަސް ފުރާލާ ބަރުހަތިޔާރާއި އެކު ގާސިމް ދެލޯ ހުރިއްޔާ އަމިއްލަ އަށް ގޮސް ބަލާބަލަ ސަންއައިލެންޑް ހޮރުގައި ނޯވެ ގޮސް ބަލާބަލަ ގާސިމް ހެޔޮނުވާނެއޭ ބަލާބަލަ ތިޔާ ޝާހިދަކީ އެއީ ދިވެހި ލެޔެއް ނޫނޭ އެއީ ކަންނަނޫރު އަލީރާޖާގެ ލެޔޭ އޭނާ މިގައުމުގެ ކަނޑުވިއްކާލާ ބަނޑުއަޅާލައިފިއޭ 500 މިލިއަން ޑޮލަރު ހެޔޮނުވާނެއޭ ގާސިމް އައްޑޫ ގަމަށް ގޮސް ގަމުގެ ދޫވެހި ބަލާފައި މަމެން މިބުނާ ވާހަކަ ދޮގިއްޔާ ދެން ހަދާ ކޯލިޝަން އިބޫ ޖަހުލާއި އެކު އެކަމަކު ގާސިމް ދޫގަސް އަށް ދާން ޖެހޭނީ ނުބުނެ ގޮސް ކުއްލިއަކަށް ދޫގަސް ކުރިމަތީ ހުރެ ރައީސް އިބޫ ގާތު ބުނާނީ ކޯލިޝަން ހެދޭނީ ދޫގަސް ތިމަންނާ އަށް ދެއްކުމުންނޭ…

  3. އަހުމަދު

    ކޮބާ ވީޑިއޯ ؟

  4. ދޮށީބޭ

    ތިޔައީ މިހާރަކު މަވްޟޫއެއްނޫން. ތިވާހަކަ ބާއްވާފަ،އިބުރާހިމަށް އެންމެ ވޯޓްގަނޑެއްނަމަވެސް އިތުރުވޭތޯ މަންޖެވެސް ނިކަންބަލާލަދީ..!؟ އިބުރާހިމް ނުރޮއްވާ!