ޚަބަރު ސިޔާސީ

މުއިއްޒުއަށް ވެރިކަން ލިބިއްޖެ ނަމަ ޖަލަށްލާނެ މީހުންގެ ލިސްޓު ދަނީ ތައްޔާރު ކުރަމުން: އިމްރާން

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އަށް ވެރިކަން ލިބިއްޖެ ނަމަ ޖަލަށްލާނެ މީހުންގެ ލިސްޓު މިހާރުވެސް ތައްޔާރު ކުރަމުންދާ ކަަމަށް ހޯމް މިނިސްޓަރު އަދި ރައީސް ޞާލިހްގެ ކޯލިޝަން ޕާޓްނަރު އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެެވެ.

Ads by MWSC

އިމްރާން މިހެން ވިދާޅުވީ އެމްޑީޕީގެ ކެމްޕޭން ޖަގަހައިގައި މިރޭ ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުންނެވެ.

އެގޮތުން އިމްރާން ވިދާޅުވީ މުއިއްޒުގެ ވެރިކަމެއްގައި ފުރަތަމަ މަސްތެރޭ ޖަލަށްލާނެ މީހުންނާއި ދެވަނަ މަސްތެރޭ ޖަލަށްލާންވީ މީހުންްގެ ލިސްޓު މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

އަދި ދައުރު ނިމޭއިރު ޖަލަށްލާންވީ މީހުންގެ ލިސްޓުވެސް މިހާރު ވެސް ހަދާފައި އެބަހުރި ކަމަށް އިމްރާން ވިދާޅުވިއެވެ.

ހަމަ އެހެންމެ ބައެއް އާއިލާތަކުގެ ތެރެއަށް ނުފޫޒުތައް ވައްދާ، އާއިލާތައް ބައިބައިކޮށްގެން، އެ ތިބޭ ގޮތުގެ ސަބަބުން މިއަދު މުޅި ޤައުމަށް އަރާފައިވާ ލޮޅުމާއި ލިބިފައިވާ އިހުސާސް ކުރަން ޖެހޭ ކަމަށް އިމްރާން ވިދާޅުވެފައި ވެއެވެ.

އިމްރާން ވަނީ ރައީސް ޞާލިހް ދެވަނަ ދައުރަކަށް ހޮވުމަށް ކުރާ މަސައްކަތުގައި ފަހަތަށް ޖެހިއްޖެ ނަމަ ޤައުމަށް ލިބޭނެ ހިތި ނިކަމެތިކަން ރައްޔިތުންނަށް ހަނދާންކޮށްދޭންޖެހޭ ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އިމްރާން ވަނީ ރިޔާސީ އިންތިޚާބު އެމްޑީޕީއާ ގުޅިފައިވާ ކޯލިޝަނަށް ކާމިޔާބު ކުރެވޭ މަންޒަރު ފެންނަ ކަމަށް ވިދާޅުވެފައެވެ.

Ads by Allied Insurance
  1. އަޑިކޮންނަ

    ފުރަތަމަ ކަލޭ. ދޮގުހެދުމާ އޮޅުވާލުމާ މީހުން މަގުފުރެއްދުމުގެ ކުށުގަ.