ރައީސް ޞާލިޙުއަށް ތާއީދު ހޯއްދެވުމަށް ފަޒްނާ ވިލިމާލެއަށް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ބުރުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްއަށް ތާއީދު ހޯއްދެވުމަށް ފަސްޓް ލޭޑީ ފަޒްނާ އަޙްމަދު ވިލިމާލެއަށް ވަޑައިގެންފިއެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވަގުތު ކުޑަތަންވަމުން އަންނަ އިރު، މި ބުރުގައި ވާދަކުރައްވާ ދެ ކެނޑިޑޭޓުންވެސް އަންނަނީ ވަރަށް ފޯރީގައި ކެންޕެއިން ކުރައްވަމުންނެވެ.
<img class="alignnone wp-image-197499 size-full" src="https://cdn.dhen.mv/wp-content/uploads/2023/09/l_169487935851SuLb-jpeg.webp" alt="" width="864" height="648" />
އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ފަޒްނާ ވަނީ ރައީސް ޞާލިޙާއެކު ކެންޕެއިން ހަރަކާތްތަކުން ފެނިވަޑައިގެންފައެވެ. ފަޒްނާ ވަނީ ވިލިމާލެ އަށް ވަޑައިގެން، ބައެއް ގޭގެއަށް ޒިޔާރަތްކުރައްވާފައިވެއެވެ. އެކަމަނާގެ އަރިހުގައި އެމްޑީޕީ އަންހެނުންގެ ރޫޙުގެ ބައެއް މެންބަރުން ބައިވެރިވެފައިވެއެވެ.
<img class="alignnone wp-image-197502 size-full" src="https://cdn.dhen.mv/wp-content/uploads/2023/09/l_169487940115OXqb-jpeg.webp" alt="" width="864" height="486" />
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވިލިމާލޭގައި ބެހެއްޓި ފަސް ފޮށިވެސް އެންމެ ގިނަ ވޯޓާއެކު ކާމިކާބުކުރައްވާފައިވަނީ އިދިކޮޅު ކެނޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒުއެވެ. އެގޮތުން ޑރ. މުއިއްޒުއަށް 964 ވޯޓު ލިބިވަޑައިގެންއިރު ރައީސް ޞާލިޙުއަށް ލިބިވަޑައިގަތީ 740 ވޯޓެވެ.







ކޮމެންޓް