ފަޒްނާ ހިޔާ ސަރަހައްދަށް: މީހުން އެއްވެ ގޮވައިލީ ޗޯރުގެ ވެރިކަން ނިމެނީ، ނިމެނީ

ފަސްޓްލޭޑީ ފަޒްނާ އަހުމަދު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދޮރުން ދޮރަށް ކެމްޕެއިން ކުރައްވަން ވަޑައިގަތުމުން، އެތަނުގައި އެކަމަނާއާއި ދެކޮޅަށް ގިނަ ބަޔަކު ނުކުމެ އަޑު އުފުލައިފިއެވެ.
އެކަމަނާއާއި ދެކޮޅަށް އަޑު އުފުލަން ނުކުތީ، އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ސަޕޯޓަރުން ކަމަށް ބެލެވެއެވެ. އެއްވި މީހުން ގޮވައިލަމުން ދިޔައީ "ޗޯރުގެ ވެރިކަން ނިމެނީ، ނިމެނީ."އެވެ. އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ފަޒްނާގެ ފިރިކަލުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވޯޓު ނުދޭނެ ކަމަށް ވެސް ބައެއް މީހުން ގޮވިއެވެ.
ފަޒްނާ ފޭސް2ގައި ދޮރުން ދޮރަށް ހިންގެވިއިރު، ރައީސް ޞާލިޙު މިއަދު ވަނީ މާލޭގައި ދޮރުން ދޮރަށް ހިންގަވައިފައެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސްއާއި ވާދަ ކުރައްވަނީ އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އާއި ޕީއެންސީގެ ކޯލިޝަންގެ ފަރާތުން ޑރ.މުޙައްމަދު މުޢިއްޒުއެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި މުޢިއްޒުއަށް ލައްކައަކަށްވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ.







ކޮމެންޓް