Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މަރަދޫފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މައްސަލައެއް ބަލަން ފަށައިފި

މަރަދޫފޭދޫ ކޯޓުގެ އިސް މެޖިސްޓްރޭޓުގެ މައްސަލައެއް ބަލަން ފަށައިފި

ސ. މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.

މިކަމާ ގުޅިގެން ޖޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ  ޖިނާއީ ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރި މީހެއް ބަންދުން ދޫކޮށްލުމަށް އެ ކޯޓުން އަމުރު ކުރުމުން، މައްސަލަ ހައްލު ކުރުމަށް ހައިކޯޓަށް ހުށަހަޅައި، އެ ކޯޓުން ކަނޑައެޅި ގޮތަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ބަންދު މުރާޖަޢާ ކޮށްދިނުމަށް އެރަށު މެޖިސްޓްރޭޓް ކޯޓުގައި އެދިފައިވާނެ ކަމަށެވެ.

އެހެން ނަމަވެސް އެ ހުށަހެޅުން ބަލައިނުގަނެ އެކި ފަހަރުގެ މަތިން އެދުމުން ވެސް އެ ހުށަހެޅުމާ މެދު ގޮތެއް ނިންމައިފައި ނުވާ ކަމަށް ބުނެ މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް، ނަފީސްގެ މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅައިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

Advertisement
HDC — Sidebar (box)

މި މައްސަލައިގައި ނަފީސް އަމަލު ކުރެއްވި ގޮތާ މެދު ތަހުގީގު ކުރުމަށް ކޮމިޝަނުން ނިންމީ އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ކަމަށް ވެސް ޖޭއެސްސީއިން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމަށް ކޮމިޓީއެއް ވެސް ވަނީ އެކުލަވައިލައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް