ޚަބަރު

އާންމު ޚިދުމަތްދޭ ހުރިހާ ތަނެއް އަންނަ އަންގާރަ ދުވަހުން ފެށިގެން އިންސްޕެކްޓްކުރަން ފަށަނީ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑއަޅާފައިވާ ގައިޑް ލައިނާ އެއްގޮތަށް އާންމު ހިދުމަތް ދޭ ތަންތަނުން އަމަލު ކުރޭތޯ ބެލުމަށް މިމަހުގެ 25 ވަނަ ދުވަހުން ފެށިގެން ޚާއްސަ އިންސްޕެކްޝަނެއް ފަށާނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފިއެވެ.

Ads by STELCO

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދި ހެޑް އޮފް މާލޭ ސިޓީ ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، ޢާއްމު ޚިދުމަތް ދޭ ތަންތަން ހިންގަމުންދަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށްތޯ ބެލުމަށް ކުރިއަށްގެންދާ ސިލްސިލާ އިންސްޕެކްޝަންގެ އާ ބުރެއް މިމަހުގެ 25 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާކަމަށެވެ.

އޭނާ ވިދާޅުވީ ކުރީގެ އިންސްޕެކްޝަންތަކާ ޚިލާފަށް މިފަހަރު، އިސްތިސްނާ ކުރާނެ ވަކި ތަންތަނެއް ނުހުންނާނެ ކަމަށާއި މިފަހަރުގެ އިންސްޕެކްޝަންގައި ޢާއްމުންނަށް ޚިދުމަތްދޭ ހުރިހާ ތަނެއް ބަލައި އިންސްޕެކްޓް ކުރާނެ ކަމަށެވެ.

ޢަބުދުﷲ ޝަރީފް ވިދާޅުވީ ގައިޑް ލައިނާ އެއްގޮތަށް ގިނަ މީހުން އުޅުނަސް އަދިވެސް 9:30 އިން ފެށިގެން ބައެއް ތަންތަނުން ހިދުމަތް ދޭކަން ފާޙަގަކުރެވޭ ކަމަށާއި އެކަން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ޑެލިވަރީގެ ޚިދުމަތް ވެސް 8:00 ގެ ކުރިން ނިންމާލުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!