Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ރައީސް ޞާލިޙް ނިންމަވައިފި

ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ރައީސް ޞާލިޙް ނިންމަވައިފި

ކައުންސިލްތަކުގެ މުވައްޒަފުންނަށް %35 އެލަވަންސް ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މިނިސްޓްރީތަކުގެ ސިވިލް ސަރވިސް މުވައްޒަފުންނެކޭ އެއްފަދައިން، ލޯކަލް ކައުންސިލްތަކުގެ ސިވިލް ސަރވިސް މުވައްޒަފުންނަށްވެސް، އަންނަ މަހުން ފެށިގެން %35 އެލަވަންސް ލިބޭނެ ގޮތަށް ހަމަޖެއްސެވުމަށް ރައީސް ޞާލިޙް ނިންމަވާފައިވާ ކަމަށެވެ.

އަދި ރައީސް ޞާލިޙް މިގޮތަށް ނިންމެވީ ސަރުކާރުގެ ވުޒާރާތަކުގައި ތިބި މުވައްޒަފުންނަށް މިދިޔަ މެއި މަހުން ފެށިގެން އެލަވަންސް ދޭން ނިންމި އިރު ކައުންސިލްތަކުގެ މުވައްޒަފުން އޭގެ ތެރޭގައި ނުހިމެނޭތީ، ކައުންސިލްތަކުގެ މުވައްޒަފުންގެ މެދުގައި އުފެދިފައިވާ ހިތްހަމަނުޖެހުންތަކާއި އެ މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ޝަކުވާތަކަށް ރިއާޔަތްކުރެއްވުމަށް ފަހު ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އަދި އެލަވަންސް ލިބުމުން ކައުންސިލްތަކުގެ މުވައްޒަފުން އިސްތިސްނާވުމަކީ ލާމަރުކަޒީ ގޮތުން ރައްޔިތުންނާ އެންމެ ގާތުން ހިދުމަތް ފޯރުކޮށްދިނުމަށް އެ މުވައްޒަފުން ކުރަމުން އަންނަ މަސައްކަތްތަކަށް އެޅޭ ބޮޑު ހުރަހެއް ކަމަށް ވެސް ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް