Sunday, 1 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އަޅުގަނޑަކީ އެމްޑީޕީ މެމްބަރެއް، 7 އަހަރު ވީ އިރުވެސް އިންސާފެއް ނުލިބޭ: އަލްހާން

އަޅުގަނޑަކީ އެމްޑީޕީ މެމްބަރެއް، 7 އަހަރު ވީ އިރުވެސް އިންސާފެއް ނުލިބޭ: އަލްހާން

ރައްޔިތުންގެ މަޖްލީހުގެ މެމްބަރަކަށް ހުއްޓައި މައިބަދައަށް ދިން ހަމަލާއެއްގެ ސަބަބުން ނުކުޅެދޭ މީހަކަށްވެފައިވާ ކަމަށާއި އެމްޑީޕީ މެމްބަރަކަށްވީ ނަމަވެސް ޕާޓީގެ ރައީސް، މުހައްމަދު ނަޝީދު ޕާޓީ ބޭނުންކޮށްގެން އިންސާފު ހޯދައިދޭން މަސައްކަތްކޮށްފައި ނުވާ ކަމަށް ސ.ފޭދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން ވިދާޅުވީ ހަމަލާއަށް 7 އަހަރު ވެއްޖެކަމަށާއި އެކަން ރޭވި ބައެއް ހޯދައި އަދި އެކަމަށް ފަންޑުކުރި ބައެއް ވެސް ހޯދައިފައި ނުވާއިރު އެ ބަޔަކު ހޯދަން ވެސް ނޫޅޭ ކަމަށެވެ.

‏"އަޅުގަނޑަކީ، ރައްޔިތުންގެ މަޖްލިހުގެ މެމްބަރަކަށް ހުއްޓާ، މައިބަދައަށް ދިން މަރުގެ ހަމަލާގައި، ނުކުޅެދޭ މީހަކަށް ވެފަހުރި މީހެއް!‏މި އަނިޔާއަށް 7 އަހަރު ވެއްޖެ! މިކަމަށް، ފަންޑު ކުރީ ކާކުތޯ، މިކަން ރޭވީ ކޮންބައެއްތޯ ހޯދައިފައެއް ނެތް! އަދި އެކަން ކުރާކަށް ވެސް ނޫޅޭ!" ލިބުނު އަނިޔާގެ ފޮޓޯއަކާއެކު އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ

Advertisement
Ooredoo — Truecaller (box)

https://twitter.com/AlhanFahmy/status/1408308563051642882

އަލްހާން އިތުރަށް ވިދާޅުވީ ޕާޓީގެ މަޖިލީސް ޕްރައިމަރީ އިންތިހާބު އޮޅުވާލީ ވެސް އޭނާ އައިސީޔޫގައި އޮންނަވަނިކޮށް ކަމަށެވެ.

2014 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ތޫނު އެއްޗަކުން އަލްޙާނަށް ހަމަލާދީފައި ވަނީ ބްރޭކްވޯޓާ ރެސްޓޯރެންޓް ތެރޭގައި އިންނަވަނިކޮށެވެ. އަލްހާނަށް ވަނީ ރާއްޖެއިން ބޭރުން ވެސް ފަރުވާދީފައެވެ.

މި މައްސަލައިގެ ޝަރީއަތް ފެށީ 2015ވަނަ އަހަރުގެ ތެރޭގައެވެ. އަލްހާން ފަހުމީއަށް ހަމަލާދިން ކަމުގެ ކުށް ސާބިތުވެ އައްޑޫ ސިޓީ ހިތަދޫ، އުލްފާމަންޒިލް މުހައްމަދު ނަސީމްގެ މައްޗަށް ހަތް އަހަރަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމްކޮށްފައި ވަނީ 2019 ވަނަ އަހަރުގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް