ޚަބަރު

ރާާއްޖޭގެ 187 ރަށުގައި އަސާސީ ޚިދުމަތް ދެވޭ ވަރަށް ދައުލަތަށް އާާމްދަނީ ލިބޭ: މުއިއްޒު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރާއްޖޭގެ 187 ރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމު ކުރެވޭ ވަރަށް ދައުލަތަށް އާާމްދަނީ ލިބޭ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

މުއިއްޒު މިހެން ވިދާޅުވީ، ރިޔާސީ ކެމްޕެއިނުގައި މިއަދު ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ރަށު މަގޫދޫއަށް ވަޑައިގެން ދެއްކެވި ވާހަކައިގައެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ފެނާއި ނަރުދަމާ އާއި، ބަނދަރު ހެދުމާއި، ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުން ފަދަ ކަންކަން، ފަސް އަހަރުގެ ދައުރެއް ނިމޭއިރު، ހުންނަންވާނީ ކުރެވިފައި ކަމަށެވެ. ނަމަވެސް މަގޫދުގައި ވެސް އެފަދަ އަސާސު ކަންކަން ފުރިހަމަ ކޮށްދެވިފައި ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަހުގެ 30 ވަނަ ދުވަހު، އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލާން ނުކުންނައިރު، މިކަންކަމާއިމެދު ވިސްނުމަށް މުއިއްޒު އިލްތިމާސް ކުރެއްވިއެވެ.

"އަޅުގަނޑުމެން ތަރައްޤީގެ މަސައްކަތްތައް ކުރާއިރުގަ، ކުރާނީ ބާރު ސްޕީޑުގަ. އޭގެ އިތުރުން، ރައްޔިތުންގެ އަޑު އަހާ، ރައްޔިތުންގެ ޙިޔާލާއި އެއްގޮތަށް. އެހެންވީމަ، މި ދެ ކަންތައް އެއްވެގެން ހިނގަންޏާ، ރައްޔިތުން އެދޭގޮތަށް ކަންކަން ހުންނާނީ ވެފަ." އެމަނިކުފާނު ވިދާޅުވިއެވެ.

މުއިއްޒުގެ ވާހަކައިގައި، ވެރިކަން ލިބިވަޑައިގެންފިނަމަ، ނުނިމި ހުރި މަޝްރޫއުތައް ކަމުގައިވާ މަގޫދޫގެ ބަނދަރާއި ނަރުދަމާގެ މަސައްކަތް ވެސް ކުރައްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!