Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އިޔާޒު، ރައީސް މައުމޫނަށް: އަންހެންކުދިން ޚިތާނުކުރުން އެއީ ދީނުގައި ނެތް ކަމެއްކަމަށް ބުނުމަކީ ދޮގެއް

އިޔާޒު، ރައީސް މައުމޫނަށް: އަންހެންކުދިން ޚިތާނުކުރުން އެއީ ދީނުގައި ނެތް ކަމެއްކަމަށް ބުނުމަކީ ދޮގެއް

އަންހެންކުދިން ޚިތާނުކުރުން އެއީ ދީނުގައި ނެތް ކަމެއް ކަމަށް ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވުމަކީ ދޮގެއް ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ޢަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޚިތާނު ކުރުމުގެ ނަމުގައި އަންހެން ކުދިންގެ ޖިންސީ ގުނަވަނަށް ގެއްލުން ދިނުމަކީ ލާއިންސާނީ ނާތަހުޒީބީ އަމަލެއް ކަމަށެވެ. އަދި އިސްލާމްދީނުގައި ޚިތާނު ކުރުން ޝަރުއު ކުރައްވައިފައި ވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށާއި އަންހެން ކުދިން ޚިތާނު ކުުރުމެއް އިސްލާމް ދީނުގައި ނޯންނަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މައުމޫންގެ އެ ވާހަކަތަކަށް ރައްދު ދެއްވައި ޑރ. އިޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެންކުދިން ވެސް ޚިތާނު ކުރުމަކީ އިސްލާމްދީނުގައި އޮންނަ ކަމެއް ކަމަށާއި އެހެން ނަމަވެސް އެއީ ވާޖިބުކަމެއް ނޫން ކަމަށެވެ. އަދި އަންހެން ކުދިން ޚިތާނު ކުރުމާއި އެފްޖީއެމް (FGM)އަކީ ތަފާތު ކަމެއް ކަމަށް ވެސް ޑރ. އިޔާޒު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މީގެއިތުރުން ޑރ. އިޔާޒު ވިދާޅުވީ މާތް ﷲ ޝަރުޢު ކުރައްވާފައިވާ ކަމެއް އެއީ ނެތް ކަމެއް ކަމުގައި ބުނުމުގެ އިޚްތިޔާރު އެއްވެސް މަޚްލޫގަކަށް ލިބިގެން ނުވާ ކަމަށެވެ.

"އަންހެން ކުދިން ޚިތާނު ކުރުމަކީ ދީނުގައި ނެތް ކަމެއް ކަމުގައި ބުނުމަކީ ދޮގެއް. އެއީ ދީނުގައި އޮތްކަމެއް. ނަމަވެސް ވާޖިބެއް ނޫން. އަންހެން ކުދިން ޚިތާނު ކުރުމާއި އެފްޖީއެމް(FGM)އަކީ ތަފާތު ކަމެއް." ޑރ. އިޔާޒު ވިދާޅުވިއެވެ.

އަންހެންކުދިން ޚިތާނު ކުރުމަށް ޑރ. އިޔާޒު ހިތްވަރުދޭ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވަނީ މައްސަލައެއް ހުށަހަޅުއްވައިފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ޑރ. އިޔާޒު ވިދާޅުވީ އަންހެންކުދިން ޚިތާނުކުރަން ހިތްވަރު ދޭ ފަދަ މޭރުމަކުން ވާހަކަ ނުދައްކަވާ ކަމަށެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް