ޚަބަރު ސިޔާސީ

ޑިމޮކްރެޓްސްގެ ރައީސް ކަމަށް އަމްރު ކުރިމަތި ލަނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން

ޑިމޮކްރެޓްސްގެ ރައީސް ކަމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރ އަދި ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓްގެ ރަނިންގެ މޭޓްގެ ގޮތުގައި ވާދަކުރެއްވި ހުސެން އަމްރު މުހައްމަދު ރަޝާދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އަމްރު މިހެން ވިދާޅުވީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ދެންމެ ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން އަމްރު ވިދާޅުވީ ދަ ޑިމޮކްރެޓްސް ގެ އިންޓަރިމް ކައުންސިލުން ޕާޓީގެ އެތެރޭގެ އިންތިޚާބު 2 ޑިސެމްބަރުގަ ބާއްވަން މިއަދު ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އިންތިޚާބު އިއުލާން ކުރުމުން ޕާޓީގެ ރައީސް ކަމަށް ކުރިމަތިލާން ނިންމާފައިވާ ކަމަށް އަމްރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަމްރު ވަނީ މިކަމުގައި އެންމެހާ ޑިމޮކްރެޓުންގެ އެއްބާރުލުމާ ތާއީދު އޭނާ އަށް ދެއްވުމަށް އެދި ވަޑައިގެންފައެވެ.

އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އަމްރު ވަނީ ރައީސް ނަޝީދުއަށް ތާޢީދު ކުރައްވާ ޑިމޮކްރެޓްސްއާއި ގުޅިވަޑައިގެންފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!