Sunday, 1 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

އިންތިޚާބުގެ ފުރަތަމަ ބުރުގެ އޮފިޝަލުންގެ އެލަވެންސް މި ހަފްތާ ތެރޭގައި ޖަމާވާނެ: އީސީ

އިންތިޚާބުގެ ފުރަތަމަ ބުރުގެ އޮފިޝަލުންގެ އެލަވެންސް މި ހަފްތާ ތެރޭގައި ޖަމާވާނެ: އީސީ

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ހަރަކަތްތެރިވި އޮފިޝަލުންގެ އެލަވެންސް މިހަފްތާގެ ތެރޭގައި ޖަމާވާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

މިކަން ހާމަކޮށް އީސީގެ ނައިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ، ރިޔާސީ އިންތިހާބު 2023 ގެ ފުރަތަމަ ބުރުގެ ޓްރޭނަރުންނާއި، ކޯޑިނޭޓަރުންނާއި، ލިއޭޒަން އޮފިސަރުންނާއި، މާލޭ ސަރަހައްދުގެ ވޯޓުލާ މަރުކަޒުތަކުގައި މަސައްކަތް ކުރެއްވި އޮފިޝަލުންނާއި، ރިޒާވް އޮފިޝަލުންގެ އެލަވަންސް މި ހަފްތާގައި ޖަމާވާނެ ކަމަށެވެ.

ހަމަ އެހެންމެ އަތޮޅުތަކުގެ އޮފިޝަލުންގެ އެލަވަންސްގެ ބައިގެ މަސައްކަތްވެސް ބާރަށް ކުރިޔަށްދާ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.

Advertisement
HDC — Sidebar (box)

ފުރަތަމަ ބުރުގައި ހަރަކާތްތެރިވި އޮފިޝަލުންގެ އެލަވަންސް ޖަމާކުރުމުގެ މަސައްކަތް އީސީން ކުރަމުން އަންނަ އިރު އިންތިޚާބުގެ ފުރަތަމަ ބުރުގައި 5600 އަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވެފައި ވެއެވެ.

މީގެ އިތުރުން އީސީން ބުނެފައި ވަނީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ފުރަތަމަ ބުރަށްވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް