ޚަބަރު ސަރުކާރު

ބުދަ، ބުރާސްފަތި ބަންދު ނަމަވެސް އެ ދެ ދުވަހު ވެސް އައިޑީކާޑު ދޫކުރާނެ: ޑީއެންއާރު

ޙައްވާ އިނާޝާ ، ދެން އޮންލައިން

މާދަމާ އާއި ބުރާސްފަތި ދުވަހަކީ ރަސްމީކޮށް ސަރުކާރު ބަންދު ދެ ދުވަސް ނަމަވެސް 18 އަހަރުން މަތީގެ އެންމެނަށް އައިޑީ ކާޑު ދޫކުރުމުގެ ހިދުމަތް ދިނުމަށް ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) އިން ނިންމައިފިއެވެ.

Ads by STELCO

މިކަން ހާމަކޮށް ޑީއެންއާރުން މިރޭ ކުރި އިއުލާނެއްގައި ބުނީ މާދަމާ އާއި ބުރާސްފަތި ދުވަހަކީ ރަސްމީކޮށް ސަރުކާރު ބަންދު ދެ ދުވަސް ނަމަވެސް 18 އަހަރުން މަތީގެ އެންމެނަށް އައިޑީ ކާޑު ދޫކުރާނެ ކަމަށެވެ.

މިގޮތުން ކުރިއަށް އޮތް ސަރުކާރު ބަންދު ދެ ދުވަހުގައި 18 އަހަރުން މަތީގެ މީހުންނަށް އައިޑީ ކާޑު ދޫކުރަން ނިންމާފައި ވަނީ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބު ބާއްވާތީ، ވޯޓުލުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ކަމަށް ޑީއެންއާރުން ބުނެފައި ވެއެވެ.

ޑީއެންއާރުން ބުނީ ބުދަ ދުވަހާއި ބުރާސްފަތި ދުވަހު ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާއި ހަމައަށް އައިޑީ ކާޑު ދޫކުރުމުގެ ހިދުމަތް އެ އޮފީހުން ދޭނެ ކަމަށެވެ.

މާދަމާއާއި ބުރާސްފަތި ދުވަސް ބަންދުވަނީ ކީރިތި ރަސޫލާގެ އީދު މީލާދާއި ގުޅިގެންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!