ޚަބަރު ސަރުކާރު ސިޔާސީ

މުންޑޫ/ކަޅައިދޫން ގަމަށް ބަދަލުވި ކޮންމެ އާއިލާއަކަށް 50,000 ރުފިޔާގެ އިނާޔަތެއް ދެނީ

ޙައްވާ އިނާޝާ ، ދެން އޮންލައިން
ލ.ގަމު މަތިން ނަގާފައިވާ ފޮޓޯއެއް. ދެން ފައިލް ފޮޓޯ: މުޙައްމަދު އަރީޙް

ސުނާމީ ކާރިސާއާއި ގުޅިގެން ލ. މުންޑޫ އަދި ކަޅައިދޫއިން ލ. ގަމަށް ބަދަލުވި ކޮންމެ ގެއަކަށް ސަރުކާރުން ދޭން ނިންމި 50،000 ރުފިޔާގެ އިނާޔަތް ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނިންމަވައިފިއެވެ.

Ads by Hajj Corporation

ރައީސް ޞާލިހް މި ނިންމުން ނިންމަވާފައި ވަނީ އެކިއެކި ސަބަބުތަކާ ގުޅިގެން ސަރުކާރުން އެއްރަށުން އަނެއް ރަށަށް ބަދަލުކުރާ މީހުނަށް ދެމުންގެންދާ ފައިސާގެ އެހީ، 2004 ސުނާމީ ކާރިސާއާ ގުޅިގެން ލ. މުންޑޫ އަދި ކަޅައިދޫއިން ލ. ގަމަށް ބަދަލުވި އާއިލާތަކަށް ހަމަޖެހިފައި ނުވާކަމުގެ ޝަކުވާތައް، އެ އާއިލާތަކުން ސަރުކާރަށް ހުށަހަޅަމުން ގެންދާތީ އެވެ.

އެހެންކަމުން ރައީސް ޞާލިހު ވަނީ އެ އާއިލާތަކަށް 50،000 ރުފިޔާގެ އިނާޔަތެއް ދޭން ނިންމަވައިފައެވެ.

މިކަން ހާމަކޮށް ގަމު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އިނާޔަތަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ފަހަކުން އެ މަހުގެ 21 އަށް ހުޅުވާލާނެ ކަމަށެވެ.

މިގޮތުން މި އިނާޔަތަށް އެދި ހުށަހަޅާނީ އެ ގެއެއްގެ (މުންޑޫ/ކަޅައިދޫގައި ހުރި ގޭގެ) ވެރިފަރާތުންނެވެ. އަދި ވެރިފަރާތް ދުނިޔޭގައި ނެތްނަމަ ނުވަތަ އެކަމަށް ނުކުޅެދިއްޖެނަމަ، އިނާޔަތަށް އެދޭނީ ވާރިސުންގެ ތެރެއިން ކޮންމެވެސް އެއްފަރާތަކުން ކަމަށް ކައުންސިލްގެ ބަޔާނުގައި ބުނެފައި ވެއެވެ.

  1. ާަައަލިފުޅުބެ

    ސުނާމީގައި ރަށްބަދަލުކުރި އެހެން ރަށްރަށުގެ މީހުންނަށްވެސް ތިޔަދެއްވާ 50ހާސް ދެއްވުން އެދެން.
    ޢަދުލުވެރި ގޮތަކީއެއީ. ވޯޓް ހޯދަން ކުރާކަމެއް ނޫންކަމުގައި ވަންޏާ، ހަމަހަމަ އުސޫލެއް ގެންގުޅުއްވާ.