ތުލުސްދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ނިޔާވެއްޖެ

ކ. ތުލުސްދޫގައި ހޯމް ކަރަންޓީންގައި ހުރި އުމުރުން ދުވަސްވީ މީހަކު ނިޔާވެއްޖެ އެވެ. ނިޔާވެފައިވަނީ ފިރިހެނެކެވެ.
އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު" ގައި ބުނެފައިވާ ގޮތުގައި އެމީހާ ނިޔާވެފައިވަނީ މިއަދު ހެނދުނު 7 ޖަހާކަންހާއިރު ކަމަށާއި އޭނާ އަކީ މާލެއިން ރަށަށް އައިސް ކަރަންޓީންގައި ހުރި މީހެއްކަމަށެވެ.
އެމީހާ އަކީ ހިތުގެ ބަލި ހުންނަ މީހެއް ކަމަށާއި ކަރަންޓީންގައި ހުއްޓާ އަދި ވާނީ ދެ ތިން ދުވަސް ކަމުގައި ވެސް އެ ނޫހުގައި ބުނެފައިވެއެވެ.
ނިޔާވި މީހާގެ ހަށިގަނޑު މިއަދު މެންދުރު ނަމާދަށް ފަހު ވަނީ ވަޅުލާފައެވެ.
ކޮންތާކު މެންދުރު ނަމާދުގެ ކުރިން އެމީހާ ވަޅުުލާފި.