ޚަބަރު

މި ރޭޓުގައި ކޮވިޑް ފެތުރޭ ނަމަ، ފަރުވާ ނުދީ ދޫކޮށްލަން ޖެހޭ މީހުން ކަނޑައަޅާ ހިސާބަށް ހިނގައިދާނެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

.މާލޭގައި ކޮވިޑް-19 ފެތުރެމުން އަންނަ މިންވަރު އިތުރުވަމުންދާނަމަ، ބަލިމީހުން "ޓްރައިއޭޖް" ކުރަން ޖެހިދާނެ ކަމަށް އެޗްޕީއޭގެ ފަރާތުން ޑރ. އަލީ ލަތީފު ވިދާޅުވެއްޖެއެވެ.

Ads by MWSC

އެޗްއީއޯސީ ގެ ފަރާތުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ލަތީފު ވިދާޅުވީ މިބަލި ޖެހިގެން ދުނިޔޭގެ އެހެން ޤައުމުތަކުން ގިނަ ފަހަރަށް މީހުން ނިޔާވެފައިވަނީ ދޭން ޖެހޭ ފަރުވާ ނުދެވިގެން ކަމަށެވެ.

"މާލޭގައިވެސް މިގޮތަށް ކޭސްތައް ގިނަވެއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ޖެހިދާނެ ޓްރައިއޭޖެއް ކުރަން. ޓްރައިއޭޖް ކުރުމުގެ މާނައަކީ އެމީހާ ސަލާމަތް ކުރެވޭނެކަމަށް ބަލާ މީހުންގެ ތެރެއިން ކޮން ބަޔަކުތޯ އަޅުގަނޑުމެންނަށް އެޑްމިޓުކޮށް ފަރުވާ ދެވޭނީ، އެގޮތަށް ނިންމުން" ޑރ. ލަތީފު ވިދާޅުވިއެވެ.

މީގެއިތުރުން ޑރ. ލަތީފު ވިދާޅުވީ އެގޮތަށް ޓްރައިއޭޖް ކުރާކަށް އަދި ނުޖެހޭ ކަމަށެވެ.

"އެހެންނަމަވެސް ކޭސްތައް ގިނަވެ ހޮސްޕިޓަލުތައް މަދުވެއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ޖެހޭނީ ޓްރައިއޭޖެއް ކުރަން. މާނައަކީ ކުޑަތަނެއްވީމަ މާގިނަ މީހުން އެޑްމިޓު ނުކުރެވޭނެތީ، އޭގެތެރެއިން ކާކުތޯ އަޅުގަނޑުމެން ނަގާފައި ހޮސްޕިޓަލުގައި އެޑްމިޓު ކުރާނީ ކާކުތޯ އަޅުގަނޑުމެން ވެންޓިލޭޓަރަށް ލާނީ، މިގޮތަށް އަޅުގަނޑުމެންނަށް ސެލެކްޓު ކުރަން ޖެހިއްޖިއްޔާ އެއީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެ. ވަރަށް ބޮޑު ހިތާމައަކަށް ވެދާނެ" ޑރ. ލަތީފު ވިދާޅުވިއެވެ.

މިއަދު އެޗްޕީއޭ އިން އިތުރަށް މިނެގި ފިޔަވަޅުތަކަކީ މިފަދަ ކަމެއް ވިޔަ ނުދިނުމަށްޓަކައި ނެގި ފިޔަވަޅެއް ކަމުގައި ވެސް ޑރ. ލަތީފު ވިދާޅުވިއެވެ.

 

 

  1. ހާނިމް

    މިހާލަތުގައި ވެސް ބޮޑުންގެ މީހެއްގެ މާމައާއި ކާފައަށް ޚިދުމަތްދޭން 10 ނަރުހުން އޮކިއުޕައިކޮށްގެން ގެންގުޅެން އޯކޭދޯ. ޑިސްޗާޖްކުރީމާވެސް ދާންނޭގުނުވިއްޔާ. ކޮބާތަ އަހަރުމެންގެ ހައްޤު. ސިންގަޕޫރަށް ދާންވީއެއްނުން އަހަރުމެން ނިކަމެތިންނަށް އުދަގޫނުކޮށް…

  2. ޢައިސްތު

    މާ ގިނަ ވާހަކަ ނުދައްކާ ދެވަނަ ލޮކްޑައުންއަކަށް ދާން އުޅޭ. މިގައުމުގައި ފުރަތަމަ ބަލި ފެތުރުނީ ބިދޭސީންގެ މެދުގައި މިހާރު ބަލި މިފެތުރެނީ ދިވެހީންގެ މެދުގައި.