Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ރައީސް ނަޝީދު ޑރ. މުޢިއްޒުއަށް މަރުޙަބާ ދަންނަވައިފި

ރައީސް ނަޝީދު ޑރ. މުޢިއްޒުއަށް މަރުޙަބާ ދަންނަވައިފި

އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒުއަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަރުޙަބާ ދަންނަވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގަތީ 126,265 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 105,158 ވޯޓެވެ.

https://twitter.com/mohamednasheed/status/1708153997348229157?s=46

Advertisement
HDC — Sidebar (box)

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި މުޢިއްޒުއަށް މަރުޙަބާ ދަންނަވާފައިވާއިރު، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އެމަނިކުފާނު ތާއީދުކުރައްވާފައެއް ނުވެއެވެ.

މި މަހު ނުވައެއްގައި ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އެމަނިކުފާނަށް ފުރަތަމަ ބުރުގައި 110،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް