ޚަބަރު ސިޔާސީ

އެމްޑީޕީ ދާނީ ބާރަށް ކުރިއަށް، ފަހަތަށް ބެލުމެއް ނެތް: ރޮޒައިނާ

އާއިޝަތު ޝައުނާ ، ދެން އޮންލައިން

ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބު ލިބިވަޑައިގެންނެވިނަމަވެސް އެ ޕާޓީ ދާނީ ބާރަށް ކުރިއަށް ކަމަށާއި ފަހަތަށް ބެލުމެއް ނެތްކަމަށް މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު، ރޮޒައިނާ އާދަމް ވިދާޅުވެެއްޖެއެވެ.

Ads by STELCO

ރޮޒައިނާ މިހެން ވިދާޅުވެ މިރޭ ޓްވީޓެއް ކުރައްވާފައިވަނީ، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ މެޖޯރިޓީ ހޯއްދަވައި ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔަގެ 8 ވަނަ ރައީސްގެ މަގާމު ޕީއެންސީގެ ކެނޑިޑޭޓު އަދި އިންތިޚާބީ ރައީސް، ޑރ. މުޙައްމަދު މުޢިއްޒު ކަށަވަރު ކުރެއްވުމާއި ގުޅިގެންނެވެ.

އެގޮތުން، އިންތިޚާބުގައި އައްޑޫ މީދޫ ދާއިރާގެ މެޖޯރިޓީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު އަށް އަށް ދެއްވިކަމަށްޓަކައި އެ ދާއިރާގެ ހުރިހާ ރައްޔިތުންނަށް ރޮޒައިނާ ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މިއަދު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޑރ. މުޙައްމަދު މުޢިއްޒަށް ލިބިވަޑައިގަތީ 126,265 ވޯޓެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓް, ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 105,158 ވޯޓެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އެމަނިކުފާނަށް ފުރަތަމަ ބުރުގައި 110،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ.

Ads by Ooredoo
  1. އަހުމަދު

    މާދަމާ ބަދަލުވާނެ ޕީޕީއެމްއަށް

    • ނުރަބޯ

      ކަލޭމެން ކަހަލަ ކޮރަޕްޓް މީހުންގެ ސަބަބުން އެމްޑީޕީ އަށް ވެރިކަން ގެއްލުނީ. މީވެސް ޣައްދާރުންގެ ލިސްޓްގެ ކުރީގައި ހުރި މީހެއް.

  2. ތޫރަ

    ސާބަހޭ ރޮޒޭނާ.އާޖު ގަމްހޭ ތޮ ކަލްހޭ ޚުޝީ.

  3. ބަލިވީ

    ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ ބަލިވީ

  4. ކުލަރީނދޫ

    ތިޔަ ކަމަނާ ތިޔައީ މިވެރިކަން ވެއްޓުމުގެ އެއް އަސްލު.

    • އަފީފު ދިއްދޫ

      ސުންޕާމީހުން ވަންނަ ކޮންމެ ތަނެއްދާނި ފަޅުވަމުން ބިރުވެރި ކަމާއި ނާމާންކަން ފެތުރި ނެތެމުންނެވެ

  5. Heyoedhey

    ކަމަނާ ހިންގާލިވަރު ފެނިއްޖެ.
    ޕާޓީ ބައިބައި ކޮއްލެއްވި.
    ރ. އިބޫއަަށް ދެއްވީ ދޯކާ.
    ވެރިކަން ވެސް ކަފުން ކޮށްފީމު. ތީ ހިންގުންތެރިންނަކީ.

  6. ލަބީިޤް މުޙައްމަދު މާހިދު، މ. މަނަދޫ ވިއު

    ރައްޔިތުންގެ ފައިސާ ކެއުމުގައި ރޮޒައިނާ ދާނީ ކުރިޔަށް.
    އެއީ އެކަމަނާ އެވިދާޅުވާ ވާހަކައަކީ.

  7. ތޮއިލާ

    ރޫޅާފަ އޮންނާނީ. ބެހި ފައިސާތަކުން ވީކަމެއް އެބަ އޮތްބާ. އަމިއްލަ ޕާޓީ ތިއޮތީ އަމިއްލަ އެތި މައްޗަށް އަރާފަ.

  8. ހަނދާންކުރާތި

    ސަރުކާރަށް ހީވަނީ ޖަމްއިއްޔާ ތަކާއި ބައްދަލުކުރީމާ ރައްޔިތުންނާއި ބައްދަލުވީކަމަށް އެގޮތަށް އެކަން ނުވާނެއޭ މިނިސްޓަރު ކަން ލިބުމުން އެމެން ގާތް ކުރަނީ މަސީ ފަދަ ކޮރަޕްޓް ޖަމްއިއްޔާ ތައް މިސާލަކަށް މަސީގެ ރައީސް އެލިސަން ޖަނާ ބުނުމުން މުޅި މާލެ ކެކިއަރާނެ އޭނާ ދެކެ ރުޅިން އެކަމަކު މާލޭގައި އުޅޭ ރަނގަޚު ސިވިލް އިންޖިނިއަރުން ނާއި ވަޒީރު ބައްދަލުކޮށްބަލަ އާންމުން ބަލައިގަންނާނެ އެމީހުން ދައްކާ ވާހަކަ މަސީ ޖެހޭނީ ސައިޑަށް ޖައްސަން މިފަހަރު އެއީ ވަގުންގެ ޖަމްއިއްޔާ އެކޭ އެލިސަން ޖަނާ އަމިން އަބްލޯ މީ ބޮޑެތި ވަގުންނެ މިމެން ބަލައިގަންނަ ބަޔަކު މާލެ އަކު ނެތޭ އެމެން ނޫން ސަރުކާރަށް މުހިއްމު ވާން ޖެހޭނީ މުހިއްމު ވާން ޖެހޭނީ ހައުސިންގް މިނިސްޓްރީ ގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ އިންޖިނިއަރުންނާއި އާރކިޓެކްޓަރުން އަދި ކިއުއެސް މެން އެމެން އެއީ ތެދުވެރި މީހުންނަށް ވާނީ އެމެން ނާއި އަހަރަކު މައްސަލަ އެއް ނެތޭ ދެފަހަރު ބައްދަލު ކުރިއަސް ދެން އެމެން މެދުވެރިކޮށް އާންމުންނާއި ހަމައަށް ވާސިލް ވާން ޖެހޭނީ މުއިއްޒު ހަދާން ކުރާތި އެލިސަން ޖަނާ ފަދަ ބޮޑެތި ވަގުން މިފަހަރު ގާތް ނުކުރާތި ޔާންޓޭ އަށް އޮޅުވާލައިގެން އެވަގުންތައް ސަރުކާރާއި ގާތް ވުމުން ސަރުކާރު ވެއްޓުނީ އެރުނޑި ކާޅަށް ޑިޒައިން ކުރަން އިނގޭނެ ޕާރކެއް ނުހުންނާނެއޭ އޭނާ ގާތު ބުނޭ ދެފައި ދަނޑިއަށް ސީލާށޭ…